"އެކްސްޕީރިއަސް މޯލްޑިވްސް" ކެމްޕެއިން ފެށުން.. ފޮޓޯ: ބީއެމްއެލް
ވިޔަފާރި
28 Sep 2025 | 08:30
ބީއެމްއެލުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް "އެކްސްޕީރިއަސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރިކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން "އެކްސްޕީރިއަސް މޯލްޑިވްސް" ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ބީއެމްއެލްގެ ކާޑު ހިދުމަތެއްކަމަށްވާ އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެމްބަރުންނަށް މާކެޓް ކުރުމުގެ ގޮތުން ފެށި ކެމްޕެއިނެކެވެ. ބީއެމްއެލުން ބުނީ ދެ އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕެއިނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެކި ރިސޯޓްތަކުންނާއި ސަފާރީތަކާއި މާޗަންޓްތަކުން ހާއްސަ އޮފާތައް ލިބިގެންދާނޭކަމަށެވެ. މީގެ އިތުރުން ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން، މޫދުކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓް، ރޫމް އަޕްގްރޭޑިންގެ އިތުރުންވެސް ލޯކަލް އެޑްވެންޗަރ ފަދަ ތަޖުރިބާތައްވެސް ފަސޭހަކަމާއެކު ލިބޭނޭކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ކެމްޕެއިނުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އޮފާތަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއެކު ތަފާތު ތަޖުރިބާތައް ކޮށްލުމުގެ މަގުފަހިވެގެންދާނޭކަމަށެވެ. 

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ލޯންޗްކުރުމުގެ ތެރެއިން... ފޮޓޯ: ބީއެމްއެލް

ޝަރީފް ވިދާޅުވީ މި ކެމްޕެއިނުގެ ދަށުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެން ދާނޭކަމަށެވެ. އަދި ރާއްޖެ އިސްތިހާރުކުރުމުގެ ކަންކަންވެސް މާޗަންޓުންނާއެކު ކުރެވިގެންދާނޭކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ބީއެމްއެލުން މި ކެމްޕެއިން ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީ ޓޫރިޒަމް ވިޔަފާރިތަކުގެ އެއްބާރުލުމާއެކުއެވެ. ބީއެމްއެލުން ވަނީ މީގެ ކުރިން 2017، 2019 އަދި 2023 ވަނަ އަހަރުވެސް އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.