މާލޭގައި ކަަރަންޓްގެ އަގު ހެޔޮކޮށްފައި ނުވާނެ: ހޫދު

13 Jun 2019 | 16:07

މާލޭގައި ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށްފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޫދު ވިދާޅުވީ ސަރުކާރުން ގެނެސްފައިވާ ފުރަތަމަ ބަދަލަކީ މާލެ އާއި އަތޮޅުތެރޭގެ ކަރަންޓްގެ އަގު ފުރަތަމަ ފަހަރަށް އެއް ހަމަކުރުންކަމަށެވެ.މިގޮތަށް އަމަލުކޮށްފައިވަނީ އަސާސީ ޚިދުމަތްތައް ދިނުމުގައި މާލެ އާއި ރަށްތަކާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުންކަމަށް އެބޭފުޅާ ވިދާޅުވިއެެވެ.

މިއީ މާލޭގެ ކަރަންޓްގެ އަގު ހެޔޮކުރުމެއްނޫންކަމަށް ހޫދު ފާާހަގަކުރެއްވިއެވެ.

ހޫދު ހާމަކުރެއްވި ގޮތުގައި މާލެ އާއި އަތޮޅުތެރޭގައި ކަރަންޓްގެ އަގު އެއްހަމަ ކުރުމުގެ ގޮތުން ސަރުކާރުން ތިން ކަމަކަށް ބެލިއެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް މާލެ އާއި އަތޮޅުތެރޭގައި ކަރަންޓް އަގުކުރުން އެއްގޮތްކުރުން، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް ވެސް މާލެއާ އެއްހަމަ ކުރުން އަދިޑީސަލުން ނަގަމުން އަންނަ 5 ޕަސެންޓުގެ ޑިއުޓީ ކަނޑާލުމުން ސަލާމަތްކުރެވޭ މިންވަރު ކަނޑައެޅުމަށް ފަހު އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭން ނިންމުންކަމަށެވެ.

"މި ތިން ބަދަލުގެ ތެރެއިން މާލޭގެ ކަރަންޓް ބިލުތަކަށް ލުއިލިބިގެންދާނީ ޑީސަލުން ދެވޭ ޑިސްކައުޓްގެ މިންވަރަށް. އަތޮޅު ތެރޭގައި ކަރަންޓް އަގުމިވަނީ ކުރިއަށްވުރެ މާބޮޑަށް ވެސް ކުޑަކުރެވިގެންގޮސްފައި" ހޫދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement