އައްޑޫގައި ހިންގާ ޝަންގްރިއްލާ
ވިޔަފާރި
30 Sep 2025 | 11:16
މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އައްޑޫސިޓީ ޝަންގްރިއްލާ ހުޅުވުމަށް ނިންމައިފި

ކުރިއަށްއޮތް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އައްޑޫގެ ވިލނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ހުޅުވަން ނިންމައިފިއެވެ.

އަންނަ އަހަރާ ދިމާކޮށް އައްޑޫގެ ޝަންގްރިއްލާ ހުޅުވަން ނިންމާފައިވާކަން ހާމަކުރެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމްއެވެ.

2009 ވަނަ  އަހަރު ހުޅުވި ސަންގްރިއްލާ ރިޒޯޓް ބަންދުކޮށްފައިވަނީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 އަހަރުއެވެ.

ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ބަންދުކުރި ފަހުން، އެ ރިސޯޓުން އަލުން ޚިދުމަތް ދޭނެ ދުވަހަކަށް އައްޑޫގެ ރައްޔިތުން އަންނަނީ އިންތިޒާރުކުރަމުންނެވެ. އެގޮތުން ބަލާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައިވަނީ އައްޑޫގައި ހިންގާ ހަންކެޑެ މަޝްރޫއު އަލުން ފަށައި ނުވަތަ ޝަންގްރިއްލާއިން އަލުން ޚިދުމަތްދޭން ފެށުމެވެ.

އެގޮތުން މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ތޯރިގު ވިދާޅުވީ، ފާއިތުވި މަަސްތަކުގައި ޝަންގްރިއްލާގެ ވެރިންނާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށާއި، އައު އަހަރާ ދިމާކޮށް އެ ރިސޯޓު ހުޅުވުމަށް އެ ކުންފުނިން މިހާރު ނިންމައިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ވެސް އެ ރިސޯޓު ވަރަށް ރީތިކޮށް ބަލަހައްޓަމުން އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން މަހުގެ ތެރޭގައި އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެންމެ ފަހުގެ ކަންކަންކޮށް، ހުޅުވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު ވަނީ އެ ރިސޯޓު ހިންގުމުގައި އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުކުރުމުގެ ކަންބޮޑުވުންކަން ފާޅުކުރައްވައި، އެކަން ޙައްލުކުރުމަށްޓަކައި މިހާރު އައްޑޫގެ އެއާޕޯޓަށް އިތުރުކުރެވޭ ބައިތަކާއި އަދި މޯލްޑިވިއަން އާއި ގުޅިގެން އެކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ރިސޯޓު ބަންދުކުރިއިރު 580 މުވައްޒަފަކު އެ ރިސޯޓުގައި މަސައްކަތްކުރަމުން ދިޔައެވެ. އެ ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.