އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން... ފޮޓޯ: މިނިސްޓްރީ
ހަބަރު
30 Sep 2025 | 16:46
އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަށް އިތުރު ފުރުސަތެއްދެނީ

ހަރަކާތްތެރިނޫންކަމަށް ފާހަގަކުރެވި އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަށް އިތުރު ފުރުސަތެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުނި ރަޖިސްޓަރ ކުރުމަށްފަހު ހަރަކާކްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ޙަރަކާތްތެރިވުމާއި ހިންގުމަށް އެދޭ ކުންފުނިތަކަށް ހާއްސަކޮށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން ވަނީ ހަރަކާތްތެރިނުވާކަމަށް ކަނޑައަޅައި 6،914 ކުންފުނި އުވާލުމަށް ނިންމައި އެ ކުންފުނިތަކުގެ ނަންތައް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. މިނިސްޓްރީން ލިސްޓް ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރެއިން, އަލުން ވިޔަފާރީގެ ތެރެއަށް ވަނުމަށް އެދޭ ކުންފުނިތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެފަދަ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކުންފުނި ހިންގަން ބޭނުންވާނަމަ އެކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮޑް ހުށަހެޅުމަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.