ނޫރާގެ ފޮތް ވަޒީރަށް ވެދުން ކުރުން --
ހަބަރު
30 Sep 2025 | 17:03
ނޫރާއަށް ރާއްޖެ ވަރަށް ޚާއްސަ، އުފަންދުވަހުގެ ހަދިޔާއަކަށް ރާއްޖެ އިސްލާމްވި ހާދިސާއަށް ރީތި ވާހަކަ ފޮތެއް ނެރެފި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް އޫއޭއީގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފި އެވެ.

މި ސެޕްޓެންބަރު މަހުގެ 22 އިން 26އަށް ޝާރުޖާގައި ކުރިޔަށް ދިޔަ، ޝާރުޖާ ނެރޭޓަސް ފޯރަމް 2025ގައި ނެރުނު މި ވާހަކައިގެ އަސްލު ލިޔެފައިވަނީ އަރަބި ބަހުންނެވެ. ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު މި ވާހަކަ ލިޔުނީ ނޫރާ ޚައްޔާލެވެ.

ރާއްޖެ އިސްލާމްވި ހާދިސާއާ ބެހޭ ކުޑަކުދީންގެ ވާހަކަ ފޮތް

"މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެ ޗާޕުކޮށްފައިވާ މި ވާހަކައިގެ ކޮޕީއެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ވެދުން ކުރައްވަމުން ނޫރާ ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވީ ދުވަހާއި ނޫރާގެ އުފަން ދުވަހާ އެއީ އެއް ދުވަހެއް ކަމަށެވެ.

އަދި މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށް ޓަކައި ވަރަށް އުފާކުރައްވާކަން ފާހަގަ ކުރެއްވި އެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ނޫރާއަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާ ބެހޭ އެހާ މުހިންމު ވާހަކައެއް ލިޔުއްވީތީ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުވާ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް ދެއްވާފައެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާގެ އުފަންދުވަސް މިފަހަރު ފާހަގަވެގެން ގޮސްފައި މި ވަނީ މި ވަރަށް ހާއްސަ ގޮތަކަށެވެ. ޝާރުޖާގައި އުފަންދުވަހު ހުރި ނަމަވެސް، އޭނާގެ ހިތާއި ޚިޔާލު ހުރީ ދިވެހިރާއްޖެ، ނުވަތަ ޖަޒީރަތުއްނޫރުގަ އެވެ.

ނޫރާގެ ވާހަކައިގެ އިނގިރޭސި ކޮޕީ ވެސް މިހާރު ވަނީ ނެރެފަ އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.