އިސްރަށްވެހިންގެ ހަރަކާތެއްގެ ތެރެއިން..
ރިޕޯޓް
01 Oct 2025 | 08:34
އިސްރަށްވެހީންގެ ދުވަހެއް ފާހަގަކުރަން ޖެހެނީ ކީއްވެ؟

ދޮށީ އުމުރުގެ މީހުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި، ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ (އދ) ޖެނެރަލް އެސެމްބްލީން ނިންމީ 1990 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހުއެވެ. މިގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ.

އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމުގައިވާތީ، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއަހަރުގެ ޝިޢާރުން ބާރުއަޅައެވެ. އަދި އިސްރަށްވެހިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށްވެސް މި ޝިޢާރުން ބާރުއަޅައެވެ.

ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު، ރާއްޖެއަކީ ހަލުވިމިނުގައި އާބާދީ ބަދަލުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކަށް ބަދަލުވަމުންދާއިރު، މިކަމުގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާތަކަށް ކުރާނެ އަސަރުތައް ދެނެގަތުން މުހިންމެވެ.

އުމުރުން ދުވަސްވަމުންދާ ދުނިޔެއެއްގައި އިޖްތިމާޢީ ތަރަރައްޤީ ޙާޞިލުކުރުމަށްޓަކައި، އުމުރަށް އަމާޒުކޮށްގެން އެކުލަވާލެވޭ ސްޓްރެޓެޖީތައް ތަންފީޒުކުރުމާއި، އެންމެންނަށް ހަމަހަމަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކާއި އިޖްތިމާޢީ ރައްކާތެރިކަމަށް ހަމަހަމަކަމާއެކު ވާޞިލުވުމުގެ މަގު ތަނަވަސްކޮށްދިނުމާއި، އަދި އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އުމުރުން ދުވަސްވީ މީހުން ފުރިހަމައަށް ބައިވެރިވުމަށް ބާރުއެޅުން ހިމެނޭ ސިޔާސަތުތައް އެކުލަވާލުން މުހިންމެވެ.

މި އަމާޒަށް ވާޞިލުވުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި، އޯގާތެރި އަދި އަޅާލުން ލިބޭ މާޙައުލެއް މުޖުތަމަޢުގައި ޤާއިމްކުރުމަށް 'އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު' ވަނީ އެކުލަވާލެވިފައެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ޢިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމެވެ.

އިސްރަށްވެހިންގެ ހަރަކާތެއްގައި ވަޒީރު އާއިޝަތު ޝިހާމް...

މީގެއިތުރުން، އެ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މި ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވިގެންދާ ހިނދު، އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ އަގުހުރި، އިޙްތިރާމް ލިބޭ އަދި ފުރިހަމައަށް ބައިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރުގެ މީހުންނަކީ ޢާއިލީ ލޯތްބާއި އަޅާލުމާ، ޢާއިލީ ގުޅުންތަކުގެ ހިތްހަމަޖެހުން ލިބޭ ބައެއްކަން ކަށަވަރުކޮށް، ޢާއިލާތައް ބިނާކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ދޮށީ އުމުރުގެ ފަރާތްތައް ބަލަހައްޓާ ޢާއިލާތަކަށް ސަރުކާރުން އަލަށް ތަޢާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ޕޮއިންޓް ލިބޭނެ އުޞޫލުތައް ވަނީ ކަނޑައެޅިފައެވެ.

ހަމައެއާއެކު، އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމާއެކު، މުޖުތަމަޢުގައި އެމީހުންގެ ޝާމިލުވުން އިތުރުކޮށް ހަރަކާތްތެރި ބަޔަކަށް ހެދުމަށް، އިސްރަށްވެހިންނަށް ޚާއްޞަ ހަރަކާތްތަކެއް ހިންގޭނެ ޖާގަތަކެއް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުން / ފޮޓޯ:ރައީސް އޮފީސް

ރައީސްގެ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން ފުރަމާލެ އަދި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ޤާއިމްކުރެވި، އިސްރަށްވެހިންނަށް ޚާއްޞަ ހަރަކާތްތައް ހިންގަން ފެށިފައިވާއިރު، މިއަދު މި ތަންތަން ވެފައިވަނީ އިސްރަށްވެހިން އެއްވެ އުފާވެރި ވަގުތުތައް ހޭދަކުރާ ވެއްޓަކަށެވެ. މިފަދަ ޖާގަތައް އަތޮޅުތެރޭގައި ޤާއިމްކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރެވެމުންދާއިރު، ކައުންސިލްތަކުގެ ފަރާތުން މި ކަންކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން، މި މުޖުތަމަޢަކީ އިސްރަށްވެހިންނަށް ޤަދަރުކުރާ، އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރާ، އިސްރަށްވެހިން ކަންކަމުގައި ޝާމިލުކުރާ، އަދި އިސްރަށްވެހިންގެ ތަޖުރިބާގެ ބޭނުންހިފާ އޯގާތެރި މުޖުތަމަޢެއްގެ ގޮތުގައި ބިނާކުރުމަށް ބާރުލިބިގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް