އިސްރާއީލާ ދެކޮޅަށް ބްލޯނާ މަގުތަކުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
03 Oct 2025 | 08:30
އިސްރާއީލާ ހެދި އެންމެފަހުން އިޓަލީގެ އެކި ހިސާބުތަކުގައި ސަރުކާރާދެކޮޅަށް މުޒާހަރާކުރަނީ

ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިޓަލީގެ ރައްޔިތުން ފެށި ދަތުރަށް އިސްރާއީލްގެ ސިފައިން ހުރަސްއެޅި މައްސަލާގައި ކަންތައްވެދިޔަގޮތުން، އެންމެފަހުން އިޓަލީގެ މަގުތަކަށް ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

އިޓަލީގެ އެކި ހިސާބުތަކުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފަށާފައިމިވަނީ ޞުމޫދު ފްލޮޓިއްލާގައި ޣައްޒާއަށް ދިޔަ އިޓަލީގެ ރައްޔިތުން އިސްރާއީލުން ރަހީނުކުރި މައްސަލާގައި އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ފަރާތުން ކަންކަންވެ ދިޔަ ގޮތުންނެވެ. 

ޞުމޫދު ފްލޮޓިއްލާގައި އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނޭއިރު، އިޓަލީގެ ބޮޑުވަޒީރު ވަނީ ދަތުރަށް ފެށުމުގެ ކުރިންވެސް އެކަމާ ދެކޮޅުކަމަށް ބުނެފައެވެ. ނަމަވެސް މި މައްސަލާގައި އިޓަލީ ރައްޔިތުން ވަނީ މަދަނީ ބަސްނޭހުމަކަށްގޮސް އެންމެފަހުން ޔޮޓްތަކުގައި ދަތުރުތައް ފަށައި އިސްރާއީލް ސިފައިންގެ އަތްދަށުވެފައެވެ. ޔޮޓްތަކުގައި ތިބި އިޓަލީގެ ރައްޔިތުން އިސްރާއީލް ސިފައިން ހައްޔަރުކޮށްފައިވާއިރު، މިކަމުގައި އިޓަލީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން... ފޮޓޯ: އޭޕީ

މި މައްސަލައާ ގުޅިގެން އިޓަލީގެ ޔޫނިއަންތަކުން ސަރުކާރާ ދެކޮޅަށް ނިކުމެފައިވާއިރު، އިޓަލީގެ ބޮޑެތި ސިޓީގެ މަގުތަކަށް ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ވަނީ ފަށާފައެވެ. މީގެ ތެރޭގައި މިލާން، ޓޮރިނޯ، ފްލޮރެންސް، ބޮލޯނާ ފާހަގަކޮށްލެވެއެވެ. އިޓަލީ ރައްޔިތުން މަގުތަކަށް ނިކުމެ ކުރަންފެށި މުޒާހަރާތަކުގައި ބައެއް ސިޓީތަކުގެ މޭޔަރުން ބައިވެރިވެއެވެ. 

ރޯމް ސިޓީ ކައުންސިލުގެ މެމްބަރު ލޮރެންޒޯ ޖިއާޑިނެޓީ ވިދާޅުވީ، މިއީ އިސްރާއީލް ސިފައިން ޣައްޒާގައި ހިންގަމުންގެންދާ ގަތުލު އާއްމު ހުއްޓުވުަމަށް ކުރަމުންގެންދާ މަސައްކަތުގެ ބައެއްކަމަށެވެ. މުޒާހަރާގައި އިޓަލީގެ މަޝްހޫރު ކޮލޮސިއަމް ބިނާ ކައިރިއަށް 10،000 އަށްވުރެ ގިނަ މީހުން އެއްވިއިރު، މިލާންގައި ކުރިއަށްދިޔަ މުޒާހަރާތަކަށްވެސް ވަނީ 5،000 ހަށްވުރެ ގިނަ މީހުން ނިކުމެފައެވެ. މުޒާހަރާގެ ސަބަބުން އިޓަލީގެ އާއްމު ދަތުރުފަތުރަށް ހުރަސްއެޅިފައިވާކަމަށް ރޮއިޓާސްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އިޓަލީ މުޒާހަރާތައް މިއަދުން ފެށިގެން އިތުރަށް ބޮޑުވެގެންދާނޭކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.