ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި ފުލުހުން މީހަކު ހައްޔަރު ކުރަނީ
ހަބަރު
06 Oct 2025 | 22:03
ފުލުހުންގެ ފޮޓޯ އާންމުކޮށް ނަފްތަރު އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި


ފުލުހުންގެ ފޮޓޯ އާންމުކޮށް ނަފްތަރު އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ ކަމަށެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭގޮތަށާއި އެއޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު އެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަަށެވެ.

އަދި ބުނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރުނުއިރު މިިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން ބޭނުންކުރި ތޫނު އަޑު އިއްވާ ޑިވައިސް ނުވަތަ އެލްރާޑް ހިފައިން ހުރި ފުލުސް އޮފިސަރުގެ ފޮޓޯ އާންމުކޮށް އެމްޑީޕީ އެކްޓިވިސްޓުން އެ އޮފިސަރާއި ގުޅޭ އެކި ޕޯސްޓްތައް ކުރަމުން ދަނިކޮށެވެ.

ކޮމެންޓް
އާދަމް
ސާބިތުވިޔަސް ނުވހޔަސް އާއްމު މީހާގެ އަބުރު ކަތިލުމުގެ އެއްވެސް ޙައްގެއް ޕޮލިހުންނަށް އޮވޭތޯ
06 Oct 2025
ގުޅޭ ލިޔުންތައް
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.