ހޯލްސޭލްކުރާ ފިހާރަތަކެއް ކައިރީ ބިދޭސީންތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
08 Oct 2025 | 19:03
ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު ބިދޭސީންނަށް ބައެއް ވިޔަފާރިތައް ދެން ނުކުރެވޭނެ

ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު ރާއްޖޭގައި ބިދޭސީން ކުރަމުން އައި ބައެއް ވިޔަފާރިތައް މަނާވެއްޖެއެވެ. 

ފޮރިން އިންވެސްޓްމަންޓާ ބެހޭ އައު ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އައު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބިދޭސީންނަށް އިންވެސްޓްކުރެވޭނޭ އައު އުސޫލްތަކެއް ވަނީ ކަނޑައަޅާފައެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އެ އުސޫލްތައް އާއްމުކޮށް ގެޒެޓްކޮށްފައެވެ.

އައު އުސޫލްތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، އައު އުސޫލްތަކާއެކު ދިވެހިންނަށް އިތުރު ފުރުސަތެއް ލިބިގެންގޮސް އިގްތިސާދުގައި އިންވެސްޓްކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނޭކަމަށެވެ.

މިއަދު ޝާއިޢުކުރި އުސޫލުގައި ބުނެފައިވާ ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރ އުޞޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައި ވެއެވެ.

ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް

- ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

- ލޮޖިސްޓިކްސްގެ ޚިދުމަތްތައް

- އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް

- ބަންކަރިންގެ ޚިދުމަތުގެ އިތުރުން

- 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް

ރާއްޖެއަށް މުދާ ހިފައިގެން އައިސްއޮތް ބޯޓެއް.. ލޮޖިސްޓިކްސް ދާއިރާ ވަނީ ދިވެހިންނަށް ހާއްސަކޮށްފައި... ފޮޓޯ: ވޮއިސް

މީގެ އިތުރުން އައު އުސޫލްތަކާއެކު ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ފަހިވެގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިންގެ ހިއްސާއާއެކު ބޭރުގެ ފަރާތްތަކަށް ކުރެވޭ ވިޔަފާރިތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އޮޑިޓިންގެ ދާއިރާއެވެ. އިކޮނޮމިކް މިނިސްޓްރީގެ އައު އުސޫލުގައިވާގޮތުން ރާއްޖޭގައި ދެން އޮޑިޓިން ފާމެއް ހިންގަން ބޭނުންނަމަ، އެކުންފުނީގައި ދިވެއްސެއްގެ 25 އިންސައްތަ އޮންނަން ޖެހެއެވެ. އޮޑިޓިން ދާއިރާގައި ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރިވެވޭނޭ އައު އުސޫލެއް ހަމަޖައްސާފައިވާއިރު، މިހާރު އޮޑިޓިންގައި ގިނައިން ހަރަކާތްތެރިވަނީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ ކުންފުނިތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އައު އުސޫލްތައް އެކުލަވާލުމުގައި ވަޒީރުންގެ މަޖިލީހުން ގޮތް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުޞަތު އިތުރުކޮށް ދިނުމަށެވެ. މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ޚާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުންކަމަށް އޮކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.