އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލް
ހަބަރު
11 Oct 2025 | 10:50
ސެޕްޓެމްބަރުމަހު އެންސްޕާއިން އަމިއްލަ ބޮޑު ދެ ހޮސްޕިޓަލަށް 8.5 މިލިއަން ރުފިޔާ ހޭދަކޮށްފި

ޓްރީޓޮޕާއި އޭޑީކޭ ހޮސްޕިޓަލުން އެނދުމަތިކޮށްގެން ހޯދި ފަރާތްތަކުގެ ހަރަދުތަކަށް ހުސްވި ސެޕްޓެމްބަރުމަހު 8.5 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންސްޕާގެ ބަޖެޓުން 8.5 މިލިއަން ރުފިޔާ ހޭދަވިއިރު، އެންމެބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. މި ތަފާސްހިސާބަށް ބަލާއިރު ސެޕްޓެމްބަރުމަހު 479 ފަރާތަކުން ވަނީ އެނދުމަތިކޮށްގެން ފަރުވާހޯދާފައެވެ. އެންމެގިނަ މީހުން ޓްރީޓޮޕް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާހޯދާފައިވާއިރު، އެފަރާތްތަކަށް ކުރި ހޭދައިގެ ޖުމްލަ އުޅެނީ 4.9 މިލިއަން ރުފިޔާގައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ހޯދި ފަރުވާގެ ތަފްސީލް

- ކުޑަކުދިންގެ ބަލިތައް: 1.3 މިލިއަން ރުފިޔާ

- ކަށީގެ ބަލިތައް: 902،611.25

- ވިހެއުމާގުޅޭ: 670،553.77

- ކުޑަކަމުދާ ނިޒާމް/ކިޑްނީ: 600،536.30

- ގޭސްޓްރޯއިންޓެސްޓިނަލް: 267،566.4

ޓްރީޓޮޕް ހޮސްޕިޓަލުން ހޯދި ފަރުވާގެ ތަފްސީލް

ސެޕްޓެމްބަރުމަހު ދެވަނައަށް އެންމެބޮޑު ހޭދައެއްކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ފަރާތްތަކަށެވެ. އެގޮތުން ހުސްވިމަހު އޭޑީކޭއަށް 3.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އޭޑީކޭއިން ހޯދި ފަރުވާގެ ތަފްސީލް:

- ކާޑިއޯ ވެސްކިއުލާ: 1.07 މިލިއަން ރުފިޔާ

- މައިބަދަ/ނާރުގެ ބަލިތައް: 703،829.19 ރުފިޔާ

- ކަށީގެ ބަލިތައް: 475،934.74 ރުފިޔާ

- ވިހެއުމާގުޅޭ: 300،929.38 ރުފިޔާ

- ގޭސްޓްރޯއިންޓެސްޓިނަލް: 216،201.76 ރުފިޔާ

އޭޑީކޭ ހޮސްޕިޓަލުން ހޯދި ފަރުވާގެ ތަފްސީލް

ދައުލަތުގެ ބައިތުލްމާލުން ބޭސްފަރުވާގެ ކަންކަމަށް ކޮންމެ މަހަކުވެސް އަމިއްލަ ހޮސްޕިޓަލްތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއެވެ. އެ ހަރަދުތައް ކުޑަކުރުމުެގ ގޮތުން ސަރުކާރުން ދަނީ އަތޮޅޫތެރޭގެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނަގޅުކޮށް، ސަރުކާރުގެ މައި ހޮސްޕިޓަލުންދޭ ހިދުމަތް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.