އޭއެމްއެފްއޭއިން ކުރިއަށްގެންދިޔަ ސެޝަނުގެ ތެރެއިން...
ހަބަރު
11 Oct 2025 | 11:16
އަމްފާއިން ކ. އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅިގެން މުދައްރިސުންނަށް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އާއި ކ. އަތޮޅު ތަޢުލީމީ މަރުކަޒު (ކޭއޭއީސީ) ގުޅިގެން މުދައްރިސުންނަށް އަމާޒުކޮށްގެން  ގުޅޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ބާއްވައިފިއެވެ.

މި މަހުގެ 8ވަނަ ދުވަހު ތުލުސްދޫގައި ބޭއްވި މި ސެޝަން ކުރިއަށް ގެންދެވީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ސެންޓް ޕިއުސް އެކްސް ކޮލެޖްގެ ހެޑް އޮފް ސްޓޫޑަންޓް އެންގޭޖްމަންޓް، އެންރިޗްމަންޓް އެންޑް ޑައިވަރސިޓީ، ޑެނިއަލް ބާޓަން އެވެ. އޭނާ މި ސެޝަންގައި ޝާމިލުކުރުވަނިވި ތައުލީމު ކުރިއެރުވުމުގައި އޭނާގެ ތަޖުރިބާއާއި މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާގައި އެހެން މީހުންނާމެދު އޯގާތެރިވުމާއި، ލުއި ފަސޭހަކަމާއި، އެއްބާރުލުން ދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ވަނީ މައުލޫމާތުދީފައެވެ.

މި ސެޝަންގައި ކޭއޭއީސީގެ މުދައްރިސުން ބައިވެރިވެ، އެ ބޭފުޅުންގެ ކްލާސްރޫމްތަކުގައި ދިމާވާ ކަންކަމުގެ މިސާލުތައް ހިއްސާކުރެއްވިއެވެ. އަދި ހުރިހާ ދަރިވަރުންނަށް އެކަށީގެންވާ އަދި އެހީތެރިވެދޭ ގޮތަށް ކިޔަވައިދިނުން ބައްޓަންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ސެޝަނަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު ތަޢުލީމީ އެއްބާރުލުމާއި މަޢުލޫމާތު ބަދަލުކުރުން އިތުރުކުރުމަށް އޭއެމްއެފްއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ސެޝަނެކެވެ. ކާމިޔާބުކަމާއި އެކު އެ ސެޝަން ބޭއްވުމާއެކު، ރާއްޖޭގެ އެކި ސްކޫލުތަކާއި ތަޢުލީމީ ދާއިރާގެ ބައިވެރިންނާއެކު މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އޭއެމްއެފްއޭއިން ވަނީ ރާވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.