ޕްރިންސިޕަލުންގެ މި އަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ރައީސް އިފްތިތާޙްކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Oct 2025 | 11:22
210 ބައިވެރިންނާއެކު ޕްރިންސިޕަލުންގެ މި އަހަރުގެ ކޮންފަރެންސް ފަށައިފި

މުޅި ރާއްޖެއިން 210 ޕްރިންސިޕަލުން ބައިވެރިވާ އަހަރީ ޕްރިންސިޕަލުންގެ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މާލެ އާއި އަތޮޅުތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސް ކްރޮސްރޯޑްސްގައި އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

ކޮންފަރެންސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ބޭއްވެނީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި، އެގޮތުން މިފަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިގެން ކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން ބާއްވާ ސެޝަންތަކުގައި ކްލާސްރޫމް ތެރޭގެ މަސައްކަތާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، މަންހަޖު ތަންފީޒުކުރުމާއި، ސީދާ ކްލާސްރޫމްގެ ކިޔަވައިދިނުން ފަދަ އެކި ފެންވަރުގެ މަޝްވަރާތައް ހިމެނޭނެ ކަމަށާއި މި މަޝްވަރާތަކުން މުދައްރިސުންގެ ހުށަހެޅުންތައް ކޮންފަރެންސްގެ ތެރެއިން އެއްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މި އަހަރުގެ ކޮންފަރެންސްގެ މަޤްޞަދަކީ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ތަޖުރިބާ ޙިއްސާކުރުމުގެ ޕްލެޓްފޯމެއް ގާއިމުކޮށް، ގައުމީ ތަޢުލީމީ ސިޔާސަތުތައް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ހުށަހެޅުންތައް ހޯދުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަޢުލީމީ ދާއިރާގައި އެއްބާރުލުން ވަރުގަދަކޮށް، ޤާބިލު މުދައްރިސުން އިތުރުކޮށް، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެދެވޭ ބަދަލުތަކެއް ގެނައުމަކީވެސް މި ކޮންފަރެންސްގެ މަޤްޞަދެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.