ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޭމްޕިން ސަރަޙައްދު ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Oct 2025 | 11:37
15 އަހަރަށްފަހު ސްކޫލް ދަރިވަރުންނަށް ޚާއްސަ ކޭމްޕިން ސައިޓެއް

15 އަހަރުގެ ދިގު މުއްދަތަކަށްފަހު ސްކޫލް ދަރިވަރުންނަށް ހާއްސަ ކޭމްޕް ސައިޓެއް މާލެ ކައިރީ މިއަދު ހުޅުވައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަރައްގީކޮށްފައިވާ މި ކޭމްޕް ސައިޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި ސަރަޙައްދަކީ ސްކޫލްތަކުގެ ކެޑޭޓުންނާއި، ސްކައުޓުންނާއި އަދި ގައިޑުންނަށް ކޭމްޕްތަކާއި އައުޓްޑޯ ޕްރޮގްރާމްތައް ބޭއްވުމަށް ޚާއްސަކުރެވިފައިވާ ތަނެކެވެ. މި ކޭމްޕް ސައިޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދީފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސް ހިންގާ ކުންފުނި، ޑްރީމް އައިލެންޑް ޓޫ ލިމިޓެޑްގެ އެހީތެރިކަމާއެކުގައެވެ.

ކޭމްޕިން ސައިޓު ރައީސް ބައްލަވައިލައްވަނީ 

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި އައު ކޭމްޕް ސައިޓުން ދަރިވަރުންގެ އިތުރު ހަރަކާތްތަކާއި ލީޑަޝިޕް ހުނަރުތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

3 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ މި ކޭމްޕް ސައިޓްގައި އިދާރީ އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި، ދުވާލުގެ ވަގުތު ހޭދަކުރުމަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިތަކަކާއި އަދި މިސްކިތެއް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.