ހުޅުދޫ ޑަކް ޕާކުގެ ދިރުންތައް މަރުވެފައި
ހަބަރު
11 Oct 2025 | 15:56
ހުޅުދޫ ޑަކް ޕާކުގެ ދިރުންތައް މަރުވަނީ، ވިހަ ދިންކަމުގެ ތުހުމަތު

އައްޑޫ ސިޓީ ހުޅުދޫގެ އަސްދޫނި ޕާކުގައި ހުރި ދިރުންތަކަށް ބަޔަކު ވިހަދީ މަރާލިކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

އެފަދަ މައްސަލައެއް ފެންމަތިވެފައިވަނީއެ ޕާކުގައި ތިބި އަސްދޫނިތަކާއި މަސްތައް މަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިއަދު ފޭސްބުކްގައި ދައުރުވުމާއެކުއެވެ.

މިއަދު ހެނދުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕާކުގެ ކޯރުގައި ދިރިއުޅުނު އަސްދޫނިތަކާއި މަސްތަކަށް ކޮންމެވެސް ބަޔަކު ވިހަދީ މަރާލާފައިވާ ކަމަށެވެ.

" މިކަމަކީ ވަރަށް ނާތަހުޒީބު އަމަލެއް. އެއްބަޔަކު ރަށުގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރާއިރު އަނެއްބަޔަކު ދަނީ އެކަންކަން ހަލާކު ކުރަމުން. މީއީ ވަރަށް ހިތާމަ ހުރިކަމެއް. މިކަހަލަ ނާތަހުޒީބު އަމަލުތައް ހުއްޓާލަ،" އެ ޕޯސްޓުގައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ ޕާކުގައި ދިރިއުޅުނު ތަކެތިތައް މަރުވާން ފެށީ މީގެ ދެ ދުވަސްކުރިން ފެށިގެންނެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެކަން އެގޮތަށް ވާންފެށުމުން، އެތަން ސާފުކޮށް ރީތިކުރުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުންދަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.