ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު
ހަބަރު
11 Oct 2025 | 23:16
މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް: 8 ފެސިލިޓީއަކަށް 10 އެވޯޑް

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިއަދު ބާސެލޯ ނަސަންދުރާ މާލޭގައި އޮތް މި އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ވަނީ ދީފަ އެވެ. އެގޮތުން އެވޯޑް ލިބިފައިވަނީ ޖޯލި މޯލްޑިވްސް އާއި ކޮންރަޑް މޯލްޑިވްސް އާއި ޖޯލި ބީން އާއި ޖެން ހޮޓެލް އާއި ކާނި ހޮޓެލްސްގެ އިތުރުން ޓްރައިޓަން ޕްރިސްޓީޖް އާއި ވޮޔޭޖަސް މޯލްޑިވްސް އާއި ބެސްޓް ޑައިވް ހިމެނެ އެވެ.

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު

މި އެވޯޑުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން 2022 ގައި ތައާރަފުކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުތަކުގައި ހިމެނޭ ދާއިރާތަކަކީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، އަދި ތިމާވެށި ރައްކާތެރިކުރުމެވެ.

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު

އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން ޔަގީންކޮށްދެއްވާފައެވެ. އެގޮތުން، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ، މި ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާނޭ އެހީތައް ފޯރުކޮށްދިނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކުރިއަށް އޮތް އަހަރުގައި އިތުރު އެވޯޑުތަކެއް ތައާރަފުކުރާނެ ކަން ވަޒީރު އިއުލާނުކުރެއްވި އެވެ. މިގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނޭކަމަށް ވަޒީރު ދެންނެވިއެވެ. އަދި މީގެ އިތުރުން، ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު

ދިވެހިރާއްޖޭގެ ތިންވަނަ އަހަރީ ފަތުރުވެރިކަމުގެ އެވޯޑަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ 43 ފެސިލިޓީއަކުން 19 އެވޯޑަށް ޖުމްލަ 84 އެޕްލިކޭޝަން ވަނީ ލިބުނު ކަމަށާ މީގެ ތެރޭގައި ޓޫރިސްޓު ރިސޯޓުތަކަށާއި، ޓޫރިސްޓު ހޮޓާތަކަށާއި،ޓޫރިސްޓު ގެސްޓްހައުސްތަކަށާއި، އަދި ޓޫރިސްޓު އުޅަނދުތަކުގެ ކެޓަގަރީއިން، ކޮންމެ ކެޓެގަރީއަކަށް 5 އެވޯޑު ހިމެނޭ ކަަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މީގެ އިތުރުން ޓްރެވަލްއޭޖެންސީތަކަށާއި، ރިސޯޓުތަކާއި ރަށްރަށުގައި ހުންނަ ޑައިވް ސެންޓަރުތަކަށްފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ދޭ އެކްސެލެންސް އެވޯޑް ވެސް ހިމެނެ އެވެ. މި އެވޯޑުތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވަޒަން ކުރީ މި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުގެ ޕެނަލްއަކުންނެވެ.

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު

މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރިން ކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ސާބިރު އާއި، މިސިނާޢަތުގެ ރާއިދެއްކަމުގައިވާ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ވަނީގެނެސްފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ތައާރަފުކޮށްފައިވަނީ 2022 ވަނައަހަރު އެވެ. މިއަދުގެ ރަސްމިއްޔާތަކީ 2024 ވަނަ އަހަރުގެ އެވޯޑުތައް ދިނުމުގެ ރަސްމިއްޔާތެވެ. މިއަދު އެވޯޑު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހިންގާފައިވާ މަސައްކަތްތަކަށް ބިނާކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.