އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Oct 2025 | 12:39
އިސްލާމީ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެއްޖެ: ވަޒީރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެގޮސްފި ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މިއަދު ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅިން އައު އުފާވެރި ތާރީޚީ ޞަފްޙާއެއް ކަމަށާއި ކީރިތި ޤުރުއާނާއި އިސްލާމީ ދާއިރާއިން މިއަދު އަޅުގަނޑުމެން ދެކެމުން މިދަނީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ރާއްޖޭގެ އިސްލާމްވިތާ 900 އަހަރު މިއަންނަ އަހަރު ފުރޭއިރު އެ އަހަރަކީ އިސްލާމީ ރޮނގުން ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެ ގޮތުން މިއަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. 

އަދި މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވުޒާރާއަށް އިޝާރަތްކުރައްވަމުން ވަޒީރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއްގެ ގޮތުގައި އޮތް އޮތުން މާޒީވެގޮސްފިކަމަށާއި، އެ ވުޒާރާއަކީ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ތަނެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މި ސަރުކާރުން ޢިމާރާތް ކުރުމަށް ނިންމާ މަސައްކަތް ކުރަމުންދާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ޢިމާރާތާއެކު މި ސަރުކާރުގެ އަމާޒަކީ ސަރުކާރުން ޤާއިމް ކުރާ ފަންޑުތަކުގެ އެހީގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމް ކުރުންކަމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ޤުރްއާނު މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމުތައް އިތުރުކުރަން ނިންމެވުމާއި ގުޅިގެން އެކަމަށް ތަޢުރީފުކުރައްވައި ވަޒީރު ވަނީ  ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަންވަނަތަކަށް ދާ ބައިވެރިންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްްވާ ޚާއްސަ އިނާމެއްގެ ގޮތުގައި ބޭނުން ޤައުމަކުން ބޭނުން ރޮނގަކުން ޕީއެޗްޑީއާއި ހަމައަށް ކިޔެވޭނެ މަގުފަހިކޮށްދެއްވުމަކި ރައީސް ފަހިކޮށްދެއްވި ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ބޭއްވިގެން މިދިޔައީ ސީދާ ދަޢުލަތުގެ މާލިއްޔާތުން ޚަރަދުކުރެވިގެން ކަމަށް ވިދާޅުވެފައެވެ،

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.