މިނިސްޓަރު މުއްތަލިބް... ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Oct 2025 | 16:08
މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މިއަހަރުގެ ތެރޭގައި ހުޅުވާލާނަން: މުއްތަލިބް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލާނޭކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯތި ދޫކުރާނޭ އުސޫލްތަކެއް މިހާރު އެކުލަވާލައި ނިމިފައިވާކަމަށެވެ. މުއްތަލިބް ވިދާޅުވީ އުސޫލުތައް މިހާރު ވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް ފޮނުވާފައިކަމަށާއި، އެ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލެވޭނޭކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މި ދަންނަވާ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ވެއިޓިން ލިސްޓެއް ހަދައި އިމާރާތް ކުރެވެމުންދާ މިންވަރަކުން އެފަރާތްތަކަށް ފްލެޓްތައް އެލޮކޭޓްކޮށް ދީ ނިންމުން

މުއްތަލިބް ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހަމަޖެހިފައިވަނީ، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށްވެސް ފުރުސަތު ލިބޭގޮތަށް ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ބޮޑު އާމްދަނީ ލިބޭ މުއްސަނދި ފަރާތްތަކަށް ލަގްޒަރީ އެޕާޓްމަންޓާއި ގޯތި ގަތުމުގެ ފުރުސަތު ތަނަވަސްކޮށްދޭއިރު، ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި 4000 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ.

މީގެ އިތުރުން ޗައިނާގެ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ފްލެޓް ޢިމާރާތްކުރުމަށް ޕްރޮޕޯޒަލެއް ހުށަހެޅިފައިވާއިރު، ޗައިނާގެ އެގްޒިމް ބޭންކުގެ ތެރެއިން 5000 ޔުނިޓް އެޅުމަށް ބޭނުންވާ ލޯން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ޢީސަ
ކޮބާތޯ ޔާމީން ގެ ސަރުކާރުން ދީފައިވާ ލިޔުންތަކަށް ދިމްފުލެޓް މިޙާރުވެސް ލިޔުންތިބި އެތަށް ބަޔަކު އެބަުޅޭ،ތިމާގެ ގާތްމީހުންނަށް ނުދީ އެމީހުންނަށް ދިނިޔާ މާރީތިވާނެ ދޯ
12 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.