ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިސް އޭރިއާއެއްގައި ސައިކަލެއް ޕާކްކޮށްފައި..
ހަބަރު
13 Oct 2025 | 13:50
4 ފުރޮޅުލީ އުޅަނދަށް ހާއްސަ ޕާކިންޒޯނުގައި ހުންނަ ސައިކަލްތައް ޓޯ ކުރަނީ

މާލޭގެ އެކި ސަރަހައްދުތަކުގައި 4 ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް ހާއްސަކުރި ޖާގަތަކުގައި ބަހައްޓާފައިހުންނަ ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކުރިން ކާރު ޕާކިންޒޯންތަކަށް ހާއްސަކޮށްފައިހުރި ޖާގަތަކުގައި ސައިކަލްތައް ބަހައްޓާނަމަ ސައިކަލްތައް ޓޯކުރާނޭކަމަށެވެ. މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ކަނޑައެޅިފައިވާ ޒޯންތަކަކީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަންކަމަށްވުމާއެކު އެއްވެސް ފަރާތަކުން އެތަންތަނުގައި ސައިކަލް ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކުރުމަށް ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް ނަގައި، އެތަންތަން އާންމު ޕާކިންއަށް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލެސިޓީ ކައުންސިލަށް އަންގާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އެކަމާ ގުޅިގެން މާލެ ސިޓީކައުންސިލުން ވަނީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މުއްދަތު ހަމަވާ ސްލޮޓްތައް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އަލުން އިތުރު ނުކުރުމަށް ނިންމާފައެވެ. 

މާލޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލުން ވެހިކަލްތައް ޕާކްކުރުމަށް ދޫކޮށްފައިވާ ޖާގަތަކުގެ އަދަދު 1000 އަރާއިރު، މިދިޔަ އަހަރު ޓްރާންސްޕޯޓުން ވަނީ އިތުރަށް ސްލޮޓްތައް ކުއްޔަށް ނުދިނުމަށް ސިޓީކައުންސިލަށް އަންގާފައެވެ.

މާލޭގައި ކާރުތައް ޕާކްކުރުމަށް ޕާކިން ސްލޮޓްތައް 1500 ރުފިޔާއަސް ކުއްޔަށް ދޫކުރަމުން އައިސްފައިވާއިރު، ޓެކްސީތައް ބޭއްވުމަށް 700 ރުފިޔާއަށް ޕާކިން ސްލޮޓްތައް ދޫކުރިއެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލައަކީ އެއްގަމު އުޅަނދުފަހަރު ގިނަވުމުގެ މައްސަލައެވެ. އުޅަނދުތައް ގިނަވެ ޕާކްކުރުމުގެ މައްސަލަ މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މާލެ ސަރަހައްދުގައި ޕާކްކުރާނޭ ޖާގަ ނުލިބުމުން ގިނަ މީހުން އުޅަނދުތައް މިހާރު ޕާކްކުރަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.