އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް
ހަބަރު
14 Oct 2025 | 10:10
ސައީދު މީކާއީލަށް: އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފެށީ އެމްޑީޕީ ސަރުކާރަކުނޫން

ރާއްޖެއިން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފެށީ މިދިޔަ ސަރުކާރުގައި ނޫން ކަމަށާއި، އެ މަޝްވަރާތައް ފަށައިފައިވަނީ 2016 ވަނަ އަހަރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ނިންމާފައިވާއިރު އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައިތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެކަން ދޮގު ކުރައްވައި ވަޒީރު ވިދާޅުވީ، ހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިއުމެއްގައި ނެތް ކަމަށެވެ. އެހެންކަމުން މެންބަރުގެ އެ ވާހަކައިގެ އަސާސް ހިއްސާކޮށްދެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވައިފައެވެ.

ވަޒީރު ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ޔޫރަޕިއަން ކޮމިޝަން (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވުމާއެކު އެ މަޝްވަރާތައް ފެށިއިރު، އެކަމާއި ގުޅޭ އެންމެ ފުރަތަމަ ސިޓީއެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރު 2016ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން މިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މަހުގެ ޓެރިފް ކުޑަކުރަން ނިންމި ނަމަވެސް އެކަމަކީ ސަރުކާރު ބަދަލުވުމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަކީ ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރާ ޤައުމަކަށްވީ ނަމަވެސް ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހަށް 20% އިމްޕޯޓް ޓެރިފް ނަގައެވެ. މި ޓެރިފްގެ ސަބަބުން އެ ޤައުމުގެ ބާޒާރުގައި ދިވެހި މަހުގެ އަގު ބޮޑުވާއިރު ވަކިން ޚާއްސަކޮށް އިނގިރޭސިވިލާތާއެކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން އިސްތިސްނާ ލިބިފައިވާ ޤައުމުތަކުގެ އުފެއްދުންތަކާއި އަޅާބަލާއިރު އެ ފަރަގު ފެންނަނީ ވަރަށް ބޮޑުކޮށެވެ.

އެ މައްސަލަ ޙައްލުކޮށް، ޓެރިފްގެ ރޭޓު ކުޑަކުުރުމަށް މި ސަރުކާރާއެކު ފާއިތުވި ދެ ސަރުކާރުތަކުގައި ވެސް ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.