މިނިސްޓަރު މުޙައްމަދު ސައީދު އަދި މީކާއީލް
ހަބަރު
14 Oct 2025 | 15:15
މީކާއިލް މަޖިލީހުގައި ހެދީ ދޮގު, ފަހުން ޓްވީޓްކޮށް ހެދީވެސް ދޮގު: ސައީދު

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ދޮގު ހެއްދެވުމަށް ފަހު އެކަން ފޮރުވަން އެކްސްގައި ޕޯސްޓެއް ކޮށް އިތުރު ދޮގުތަކެއް ހެއްދެވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ޖަލްސާއަށް ހާޒިރުވެވަޑައިގެން މިނިސްޓަރު ސައީދު ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. މިއަދުގެ ޖަލްސާގައި މީކާއީލް ވަނީ އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން 24 ޕަސެންޓްގައި ނަގަމުން ދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަކޮށް، މަހުން ނަގާ ޑިއުޓީ އެެއްކޮށް ކަނޑާލުމަށް ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރަން ނިންމާފައިވާ އިރު މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައިތޯ އާއި 28 މެއި 2025 ގައި ކުރިއަށް ދިޔަ މޯލްޑިވްސް-ޔޫކޭ ޑަޔަލޮގް ބައްދަލުވުމުގައި މި އެއްބަސްވުމާ ގުޅޭ މަޢުލޫމާތު ހިމަނާފައި ނުވަނީ ކީއްވެތޯ ސުވާލުކޮށްފަ އެެވެ.

އެ ސުވާލަށް މިނިސްޓަރު ސައީދު ވަނީ ސާފުކޮށް ޖަވާބު ދެއްވާފަ އެވެ. އަދި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން 24 ޕަސެންޓްގައި ނަގަމުން ދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަވީ ރައީސް ސޯލިހްގެ ސަރުކާރުން ކުރި މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން ނޫންކަން ސާފުކޮށް ދެއްވާ މީކާއީލް ދެއްކެވި ހަގީގަތެއް ނެތް ސިޔާސީ ވާހަކަތައް ހާމަކޮށް ދެއްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ބްރެކްސިޓްގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސެންޓުގެ ޓެރިފެއް ކަމަށާއި ބްރެކްސިޓަށް ފަހު އެ ގައުމުން މިހާރު ނަގަނީ 20 ޕަސެންޓުގެ ޓެރިފެއް ކަމަށާ މިއީ ޕްރިފަރެންޝަލް އެއްބަސްވުންތައް ނެތް ހުރިހާ ގައުމަކުން ވެސް ނަގާ އަގު ކަމަށެވެ.

އޭގެ ފަހުން މިނިސްޓަރު ވަނީ ރާއްޖެ އިން އިނގިރޭސިވިލާތާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވުމަށް އެންމެ ފުރަތަމަ ހުށަހަޅާފައި އޮކްޓޯބަރު 16، 2016 ގައިކަން ފާހަގަ ކުރައްވާ އެކަން ވެސް ސާފުކޮށް ދެއްވާފަ އެވެ. އަދި މީކާއީލް އެ ވިދާޅުވާ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރަން ނިންމާފައިވާ އެއްވެސް ލިޔެކިޔުމެއް ނެތްކަން ހާމަކުރައްވާފަ އެވެ.

އެކަން އެ މިންވަރަށް ސާފުކޮށް ދެއްވުމުން ވެސް މީކާއީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އިނގިރޭސި ވިލާތާއި ރާއްޖެ އާއި ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށާ ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ކުޑަ ރޭޓެއް މި ދައުރުގައި ލިބުމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެ ވާަހަކަތަކާއި ގުޅިގެން މިނިސްޓަރު ސައީދު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާ މަޖިލީހުގައި ހަގީގަތެއް ނެތް ވާހަކަތަކެއް ހިމެނޭ ސުވާލެއް ކުރުމުން އެކަމުގެ ހަގީގަތް ސާފުކޮށް ދެއްވުމުން އަނެއްކާވެސް އޮޅުން އަރާގޮތަށް ޕޯސްޓް ކުރެއްވިކަން ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ސައީދު ސިފަކުރެއްވި ގޮތުގައި މީކާއީލްގެ އެ އަމަލަކީ މަޖިލީހުގައި މިއަދު ހެދި ދޮގު ފޮރުވުމަށް އޭނާ ކުރެއްވި ކަަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.