ނިމްރޫދް އާއލާ ގާތަށް ގެންދަނީ... ފޮޓޯ: ގެޓީ
ދުނިޔެ
15 Oct 2025 | 18:15
ހަމާސްއިން ދޫކޮށްލި ޔަހޫދީ އަސީރަށް ގޯސްވީ އިސްރާއީލް ސިފައިން

ހަމާސްގެ ޖަލުގައި ހުރި ދެއަހަރުދުވަހުގެ ތެރޭގައި އެންމެ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުނީ އިސްރާއީލް ސިފައިން ޣައްޒާ ހިސޯރު ކުރިފަހުންކަމަށް ޔަހޫދީ އަސީރަކު ބުނެފިއެވެ.

ހަމާސްއިން ރަހީނުކުރި އިސްރާއީލަށް ނިސްބަތްވާ 20 އަހަރުގެ ނިމްރޯދް ކޯހެން ދެ އަހަރު އެ ޖަމާއަތުގެ ހައްޔަރުގައި ބެހެއްޓުމަށްފަހު މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. ނިމްރޯދާ ގުޅޭގޮތުން އޭނާގެ ބައްޕަ ޔެހޫދާ, ވަނީ އަލްޖަޒީރާ އާ ވާހަކަދައްކާފައެވެ. ޔެހޫދާ ބުނީ ދެ އަހަރަށްފަހު އޭނާގެ ދަރިފުޅު ފެނުމަށްފަހު އެންމެބޮޑަށް ފާހަގަކުރެވުނު ކަމަކީ، ކުރިން ހީކުރިގޮތާ ހިލާފަށް އޭނާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމެވެ. އެގޮތުން ނިމްރޯދުގެ އުޅުމާއި އޭނާގެ މިޖާޒު ހުރީ އޭނާ ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔައިރުވެސް ހުރިގޮތަށްކަަށް ބުންޏެވެ.

ހަމާސްގެ ހައްޔަރުގައި ހުރި ދުވަސްތަކާ ބެހޭގޮތުން ވާހަކަދައްކަމުން ނިމްރޯދުގެ ބައްޕަ ބުނީ، އޭނާގެ ހަމައެަނި ޝަކުވާއަކަށް ވީ އިސްރާއީލް ސިފައިން ޣައްޒާ ބަންދުކުރުމާއެކު ތަޖުރިބާކުރަން ޖެހުނު ކަންކަމެވެ. އެގޮތުން ކާނާ އާއި އެނޫންވެސް ކަންކަމަށް ދަތިވިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގައި އިސްރާއީލް ސިފައިން ހިންގަމުންގެންދިޔަ ޖަރީމާތައް ހައްދުފަހަނަ އަޅައި އެންމެފަހުން އެ ސިޓީއަށް އެއްވެސް ބާވަތެއްގެ އެއްޗެއް ސަޕްލައި ނުކުރެވޭނޭހެން ބަންދުކުރިއިރު، އެހީދޭ ފަރާތްތަކަށް ވަނުންވެސް މަނާކުރިއެވެ. އެކަމުގެ ސަބަބުން ޣަްޒާގައި ތިބި ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިގެން ގޮސްފައިވާަކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ހަމާސްއިން ދޫކުރި އިސްރާއީލަށް ނިސްބަތްވާ އަސީރު ދޫކުރިއިރު ހެޔޮހާލުގައި ތިބިނަމަވެސް އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ޖިސްމާނީ އަދި ނަފްސާނީގޮތުން ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެގޮތުން ފަލަސްތީނުގެ ބައެއް އަސީރުން މިނިވަން ކޮށްފައިވަނީ ބޮޑެތި ޝަރުތުތަކާ އެކުގައިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ބައެއް އަސީރުން ފަލަސްތީނުން ބޭރަށް އަރުވާލައި، ދުވަހަކުވެސް ފަލަސްތީނަށް ނާދެވޭނޭހެން ވަނީ ޝަރުތުތައް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް