އިސްރާއީލް ސިފައިން ޢައްޒާގައި ހަރަކާތްތެރިވަނީ... ފޮޓޯ:
ހަބަރު
19 Oct 2025 | 16:10
ފަލަސްތީނު މީހުންގެ ހަށިގަނޑު އެތެރޭގެ ބައެއް ގުނަވަންތައް ވަގަށް ނެގުމުގެ ތުހުމަތު އިސްރާއީލަށް

ފަލަސްތީނު މީހުންގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތައް އިސްރާއީލުން ވަގަށް ނަގާފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

އިސްރާއީލުން ޢައްޒާގައި ހިންގަމުންގެންދިޔަ ގަތުލު އާއްމު ހުއްޓާލިކަމަށް ބުނެ، އިސްރާއީލް ސިފައިންގެ ބެލުމުގެ ދަށުގައި ހުރި ފަލަސްތީނު އަސީރު ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއްބަސްވުމެއްގެ ދަށުން އިސްރާއީޅުން ވަނީ އެމީހުްނގެ ބެލުމުގެ ދަށުގައި މޯޗަރީތަކުގައި ބަހައްޓާފައިވާ ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުތައްވެސް ހަވާލުކުރަން ފަށާފައެވެ. މަރުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުތައް ހަވާލުކޮށްފައިވާއިރު، މީގެ ތެރޭގައި ކާކުކަން ވަކިނުވާ ހަށިގަނޑުތަކާއި ހަށިގަނޑުގެ ބައެއް ބައިތައް ހިމެނެއެވެ.

ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާއީލް އަލް ތަވާބްތާ ވަނީ، އިސްރާއީލް ސިފައިންނަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފަލަސްތީނުގެ ކަމާބެހޭ އިދާރާއާ ހަވާލުކުރިއިރު، އިންސާނިއްޔަތާ ހިލާފް އެތައް އަމަލުތަކެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން މަރުވި މީހުންގެ ހަށިގަނޑުތައް ހަވާލުކުރިއިރު، އޭގެ ތެރެއިން ގިނަ މީހުންގެ ފުރާނަ ގެއްލިފައިވަނީ ބޮޑެތި އަނިޔާތައް ކޮށްގެންކަން ވަރަށް ސާފްކޮށް އެނގެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަންޖެއްސުމާއި، ކަރަންޓްގައި ޖެއްސުން އަދި ހޫނުފެން އަޅާ ފިއްސާލާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.'

މީގެ އިތުރުންވެސް އިސްމާއީލް ވަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ބައެއް މީހުންގެ ހަށިގަނޑުގެ އެތެރޭގެ މުހިންމު ގުނަވަންތައް ނެތްކަމަށް އޭނާ ބުންޏެވެ. އެގޮތުން ލޮލާއި، ފުރަމޭ ފަދަ ގުނަވަންތައް އޭނާ ފާހަގަކުރިއެވެ.

ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން މަރުވެފައިތިބި މީހުންގެ ހަށިގަނޑުތަކާ ހަވާލުވެ، ހަށިގަނޑުތައް ޓެސްޓްކޮސްފައިވަނީ، ބައިނަލްއަޤްވާމީ ބައެއް އިދާރާތަކުގެ ހާޒިރުގައެވެ. 

ހަމާސްއިން އެންމެ ފަހުން ވަނީ އިސްރާއީލްގެ 20 އަސީރަކު އިސްރާއީލާ ހަވާލުކޮށްފައެވެ. އެ އެންމެންގެ ހާލު ރަނގަޅުއިރު، އެމީހުންނަށް އަނިޔާކޮށްފައިވާކަމުގެ އެއްވެސް ހެތްކެއް ހުރިކަމަކަށް އިސްރާއީލަކުން ނުބުނެއެވެ. ނަމަވެސް އަސީރުން ވަރަށްދުރަށް ހިނގަން ޖައްސާފައިވާކަމަށް އެމީހުންގެ އާއިލާތަކުން ވަނީ މީޑިއާތަކާ އެވާހަކަ ހިއްސާކޮށްފައެވެ. އިސްރާއީލްގެ ބައެއް އާއިލާތަކުން ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ހުރި މީހުން ދޫކޮށްލިއިރު ނަފްސާނީގޮތުންވެސް އެއްވެސް މައްސަލައެއް ފެންނަން ނެތްކަމަށް ބުނެފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށްވީ ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން މީރު ކާނާ ނުލިބުންކަމަށް އާއިލާތަކުން ފާހަގަކުރިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް