އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެރިން މަޖިލީހުގެ ކޮމިޓީއެއްގައި... ފޮޓޯ: މަޖިލިސް
ހަބަރު
20 Oct 2025 | 10:03
އޮޅުވާލައިގެން ދައުލަތުގެ ބައިތުލްމާލުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް

ސަރުކާރުގެ އިދާރާއަކާ ކުރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ދައުލަތުގެ ބައިތުލްމާލުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެންމަތިކޮށްފިއެވެ.

އޮޑިޓް އޮފީހުން މި މައްސަލަ ފެންމަތިކޮށްފައިވަނީ އެ އޮފީހުން ނެރެފައިވާ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޙާއްސަ އޮޑިޓް ރިޕޯޓްގައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ރިޕޯޓް ނެރުނުއިރު ސެންޓަރ އެންޓަރޕްރައިސަސް އިން ވަނީ 2010 ވަނަ އަހަރާ ހަމަޔަށް ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކުން ފައިސާ ނުލިބޭކަމަށްބުނެ ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައެވެ. ސިވިލްކޯޓަށް ހުށަހެޅި އެ މައްސަލާގައި އެކުންފުނިން ވަނީ ދައުލަތަށް ފޯރުކޮށްދިން ހިދުމަތްތަކަށް އަގު ނުލިބޭކަމަށްބުނެ 2022 ވަނަ އަހަރުގެ ފެބުރުއަރީމަހު 5 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ހުށަހަޅާފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުންފުންޏާ ގުޅޭގޮތުން އޮޑިޓެއް ކޮށްފައިމިވަނީ އެ މުއާމަލާތްތަކުގައި ސައްހަނޫން ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ. އެގޮތުން މި މައްސަލާގައި އެންމެ ހައްސާސް ކަމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކޯޓަށް ހުށަހެޅި އެންމެ މުހިންމު ލިޔުންތައް އަސްލު އޮޅުވާލައިގެން ހުށަހެޅިކަމެވެ. އެގޮތުން ހިދުމަތް ހޯދުމަށް ކުރި މުއާމަލާތުގައި ތަކެއްޗާއި ހިދުމަތް ލިބުނުކަމަށް އެކުންފުންޏަށް ލިބުނު ލިއުންތަކުގައި ސޮއިކޮށްފައިވާ މުއައްޒަފަކީ އެ އިދާރާގައި ދުވަހަކުވެސް މަސައްކަތްކޮށްފައިވާ މީހެއް ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ކޯޓަށް ހުށަހެޅި ހުރިހާ މައްސަލަތަކުން ޖުމްލަ 410.4 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން ވަނީ ދައުވާކޮށްފައެވެ.

ދައުލަތުގެ އިދާރާއިން ދޫކުރި ލިޔުންތަކުގައި ސޮއިކުރި ކަމަށްބުނާ މުއައްޒަފު ދޫކުރި ލިޔުންތައް

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ސެންޓަރ އެންޓަރޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ޑީއެމްއެސްއަށް ސަޕްލައިކޮށްދިންކަމަށް ބުނާ 20 އައިޓަމްގެ ތެރެއިން 6 އައިޓަމް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެކުންފުނިން ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން ބޭންކް ގެރެންޓީއެއްގެ ގޮތުގައި އެކުންފުނިން ކޯޓަށް ހުށަހެޅި ލިޔެކިޔުމަކީވެސް އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ އެ މުއާމަލާތްތަކަށް ބަލައި އެންޓަރ އެންޓަރޕްރައިސެސްއިން މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާކަމަށް ބެލެވޭތީވެ، އެކުންފުނިން ހުސަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ލަފާދީ ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.