ހަލާކުކުރި މައިކު ކައިރީގައި މެންބަރުން އިމްރާނާއި މައުރޫފާއި ސަމީރު -- ފޮޓޯ: އަބްދުﷲ އަނޫފް
ހަބަރު
20 Oct 2025 | 12:12
މީޑިޔާ ބިލުގެ ކޮމެޓީގައި މައިކަށް ގެއްލުން ދިން މެންބަރުންގެ އަތުން އަގު ނަގަނީ

މިދިޔަ މަހު މިދިޔަ މަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީ ކޮޓަރީގެ މައިކަކަށް ގެއްލުން ދިން މައްސަލައިގައި، އެ ވަގުތު މައިކުގައި ހިފައިގެން ތިބި ތިން މެންބަރުންގެ އަތުން މައިކުގެ އަގު ނަގަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

އަގު ނަގަން ނިންމާފައިވަނީ ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި، މައުރޫފް ވާހަކަދައްކަވަން މަސައްކަތްކުރެއްވި ވަގުތު، އިމްރާން އެކަމަށް ހުރަސްއަޅުއްވަން މައިކް ދުރަށް ޖައްސަވަން މަސައްކަތްކުރެއްވިއެވެ. އަދި ސަމީރު ވެސް މައިކު ހިފަހައްޓަވައި، މައުރޫފަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވަން މަސައްކަތްކުރެއްވިއެވެ. މި ހާދިސާގައި މައިކު ދެކޮޅަށް ދަމަމުން ގޮސް، އިމްރާން މައިކް އުފުރާލައްވައި ވައްޓާލިއެވެ.

މި މައްސަލަ މިއަދު ބެއްވި ސުލޫކީ ކޮމިޓީ ބައްދަލުވުމުގައި އެޖެންޑާކޮށް ބަލައި، މައިކަށް ލިބުނު ގެއްލުމުގެ އަގު ނެގުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އެ ކޮމެޓީގައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ގޮތަށް، މައިކަށް ލިބުނު ގެއްލުން އަނބުރާ ހޯދުމަށް، މައިކަށް ހިނގި ޚަރަދު ސާފުކުރުމަށްފަހު މެންބަރުންގެ އަތުން އަގު ނެގުމަށް ވަނީ ނިންމާފައެވެ. މި ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފް ވަނީ ތާއީދުކުރައްވާފައެވެ.

މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބެލުމުގެ ފުރުސަތު މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.