ރާއްޖޭގެ ރިސޯޓެއް
ހަބަރު
21 Oct 2025 | 10:33
ރާއްޖޭގައި ކުރާ އިންވެސްޓުމެންޓުތައް އިތުރުކުރަން އެސްއީޒެޑް ގާނޫނަށް އިސްލާހެއް

ރާއްޖޭގައި ކުރާ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް އިސްލާހެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ބިލް ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސިނާއީ، އިޖްތިމާއީ، އިގްތިސާދީ މާލީ އަދި އުމްރާނީ ތަރައްގީއަށް ބޭރުގެ އިންވެސްޓުމެންޓުތައް އިތުރުކޮށް، އެ އިންވެސްޓުމެންޓުތަކުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ބިލަކީ ރާއްޖޭގެ އާމްދަނީގެ މަގުތައް ހުޅުވާލާނެ، ރާއްޖެއަށް ފައިދާކުރާނެ ބިލެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މިފަދަ ބިލެއް މުހިންމުވާ ސަބަބުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީކުރުމަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިސްލާހުތަކަށްވާތީ،" ޝުޖާއު ވިދާޅުވިއެވެ.

އަދި މީގެ ސަބަބުން ސިނާއީ ދާއިރާއަށް އާ އުފެއްދުންތައް ތަޢާރަފްވެ، ތަފާތު ބާވަތްތަކުގެ މަސައްކަތްތަކުގެ ފުރުސަތު އުފެދޭނެ ކަމަށާއި، އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހުގެ ދަށުން އެސްއީޒެޑް ގާނޫނުގެ ގިނަ މާއްދާތަކަކަށް ބަދަލުތަކެއް ގެނެވޭނެއެވެ. މީގެ ތެރޭގައި ނުވަ ވަނަ މާއްދާ އަދި 17 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން "ވިޔަފާރި ފައިދާއިން ނަގާ ޓެކްސް" މި އިބާރާތް "ވިޔަފާރި އާމްދަނީއިން ނަގާ ޓެކްސް" އަށް ބަދަލުކުރުން ވެސް ހިމެނެއެވެ.

މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ގެޒެޓްކޮށް ޝާއިޢުކުރަންޖެހޭނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.