ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ހަބަރު
21 Oct 2025 | 13:57
ދާއިމީ ބައްޔަށް ފަރުވާކުރާ ފަރާތްތަކަށް ކުރިން ޕެންޝަން ލިބޭނެ އިސްލާހު މަޖިލީހުން ބޭރުކޮށްފި

ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް އުމުރުން 65 އަހަރު ފުރުމުގެ ކުރިން ޕެންޝަން ފައިސާ ލިބޭނެ މަގު ފަހިކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙު މަޖިލީހުން ބޭރުކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާޙުގެ ބޭނުމަކީ އެފަދަ ހާލަތްތަކުގައިވާ ފަރާތްތަކަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ބުރަ ކުޑަކޮށް، އެ ފައިސާ ހޯދުމުގެ އިޖުރާއަތުތައް ފަސޭހަކުރުމަށް ބަދަލުތަކެއް ގެނައުން ކަމަށް ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އިސްލާހު މަޖިލީހުން ބަލައިގަތުމާއިމެދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވީ އެ ބިލު ބަލައިނުގަތުމަށެވެ. އެ ބިލު ބަލައިގަތުމާއި އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. 

މެންބަރު ކުޑޫ ހުށަހެޅުއްވި އިސްލާޙުގައިވާ ގޮތުން ޓާމިނަލް އިލްނެސް" ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަނުގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ވަނީ ހިމަނާފައެވެ.

ބިލު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުން އަންނަ ޕެންޝަނާ ބެހޭ ގާނޫނުގައި ދާއިމީ ބަލި ތަހައްމަލުކުރާ މީހުންނާ ގުޅޭ ގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ހިމެނިފައެއް ނުވެއެވެ. އަދި "މެޑިކަލް ޕްރޮގްނޯސިސް" އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް މިހާރަކު ނެތެވެ. 

އެހެންކަމުން އެ ބިލާއެކު އެފަދަ ބަލިމީހުންގެ ހާލަތު ވަޒަންކުރުމަށް ޕެންޝަން އޮފީހުން މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އެކުލަވާލުމާއެކު، އެ ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމުކުރަން އިސްލާހުގައި ހިމަނައިފައިވެއެވެ.

ކޮމެންޓް
ޞުންބުލާ
މިކަމުނަ ވެސަ ދޭހަ ވަނީ ސަރުކާރުގެ އަނިޔާ ވެރިކަން. ޜަހުމް ކުޑަކަން.
21 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.