ވަޒީރު ޝަހީމް މަޖިލީހުގައި... ފޮޓޯ: މަޖިލިސް
ހަބަރު
22 Oct 2025 | 10:51
ކުރީ ސަރުކާރުން ކެންދޫ މިސްކިތް އެޅުމަށް ހަވާލުކުރީ ތަޖުރިބާއެއްނެތް ބަޔަކާ: ޝަހީމް

އެމްޑީޕީ ސަރުކާރުން ބ.ކެންދޫ މިސްކިތް އިމާރާތްކުރަން ހަވާލުކުރީ މިސްކިތް އެޅުމުގެ އަދިު އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއްނެތް ކުންފުންޏަކާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު އަލީ ޝަހީމް ވިދާޅުވެއްޖެއެވެ. ރައްޔިތުން މަޖިލީހުގައި މިއަދު ބ.ކެންދޫ  ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، ކުރީ ސަރުކާރުން ކެންދޫ މިސްކިތް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވަނީ އިންތިހާބަށް ބޯމަތިވެފައިވަނިކޮށްކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމުގެ ހުވާކުރެއްވުމުގެ ދޮޅުހަފްތާއެއްހާ ދުވަހުގެ ކުރިން އެކުންފުންޏަށް 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހެވެ.

ކެންދޫ މިސްކިތް އިމާރާތްކުރި ކުންފުނިން އެ މަސައްކަތްކުރުމުގައި އަމަލުކޮށްފައިވަނީ ވަރަށް ފަރުވާކުޑަކޮށްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުން އައިސްފައިވަނީ އިންޖިނިއަރެއް ނެތިކަމަށެވެ. އެކަމުގެ ސަބަބުން ކުރެހުމާ ހިލާފަށް ކަންކަން ކުރިއަށްގޮސްފައިވާކަމަށާއި އެކަމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. ކެންދޫ މިސްކިތުގެ މައްސަލާގައި މިނިސްޓްރީގެ ކަންބޮޑުވުން އެކި ގޮތްގޮތުން އެކުންފުންޏަށް އެންގިނަމަވެސް މިހާތަނަށް ހައްލެއް ލިބިފައި ނުވާކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކެންދޫ މިސްކިތުގެ މައްސަލަ ގޮސްފައި އޮތީ ސަރުކާރުން ވަރަށް ކަންބޮޑުވާ ހިސާބަކަށް ކަމަށާއި، އެ މަޝްރޫޢުއަށް ހާއްސަ އިސްކަމެއް ދެއްވައިގެން ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސްވެސް އެދިވަޑައިގަންނަވާފައިވާކަމަށެވެ.

ކެންދޫގައި އިމާރާތްކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ  ފާސްޓްލައިން ޕްރައިވެޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.