އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --
ހަބަރު
22 Oct 2025 | 11:42
މިދިޔަ ސަރުކާރުން އޮތީ ރިބާއާ ގުޅޭ ހުތުބާއާ ވެރިމީހާއާ ގުޅޭ ހުތުބާ ނުކިޔަން އަންގާ ފޮރުވާފައި: މިނިސްޓަރު

މިދިޔަ ސަރުކާރުން ރިބާއާ ގުޅޭ ހުތުބާއަކާއި ވެރިމީހާއާ ގުޅޭ ހުތުބާ ނުކިޔަން އަންގާ ފޮރުވާފައި އޮތް ކަމަށް އިސްލާމިކް  މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވައިގެން ނުވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ސަރުކާރުން އެކަން އެގޮތަށް ކުރައްވާފައި ނުވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދެ ހުތުބާއެއް ނުކިޔަން އަންގާ ފޮރުވާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރުތެރޭ ދެ ހުތުބާއެއް އޮތް ފޮރުވާފައި. ދެ ހުތުބާއެއް ފޮރުވާފައި އޮތް. އެއް ހުތުބާއަކީ ރިބާގެ ހުތުބާ އަނެއްް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާއި ގުޅޭ ހުތުބާ. މީގެ ތެރެއިން އެއް ހުތުބާ ލިޔުއްވީ އުސްތާޒު އިބްރާހިމް ރަޝީދު މޫސާ އަނެއް ހުތުބާ ލިޔުއްވި ބޭފުޅަކު ސީދާ މިވަގުތަކު ހަނދާނެއް ނެތް. މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ މި ހުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމާފައި ފޮރުވާފައި. އެހެން އޮއްވާ މި ސަރުކާރުން ވާނީ މި ދެ ހުތުބާ މިދިޔަ އަހަރު ކިޔާފައި," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް
ބަޗީ
މިސަރުކާރުގައި ވެރިމީހާވެސް ހަމަ މަގުގައި ބެހެއްޓުމަށް ބާރުއަޅާ ކަންކަން ފެނޭ.
22 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.