އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު މަޖިލީހުގައި -- މަޖިލިސް
ހަބަރު
22 Oct 2025 | 12:03
ބަހުގެ ޙަމަލާތަކާއި އެކު، މައުރޫފުގެ ނަން އިއްވައި ތަޅުމުން ނެރެފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއި މަޖިލިސް މެންބަރުންނާ ދެމެދު ހިނގި ހޫނު ބަހުސަކާ ގުޅިގެން، މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ނެރެން ނެރެފިއެވެ.

މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކާ ގުޅިގެން، ވަޒީރު ޝަހީމް ދެއްވި ޖަވާބުތަކުގައި ކުރީގެ ސަރުކާރުގެ ދަރަނިތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން މަޖިލިސް ހޫނުވިއެވެ.

އެގޮތުން ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އިރު އެ ވުޒާރާގައި އެކަނި ވެސް 50 މިލިއަން ރުފިޔާގެ ދަރަނި ނުދައްކާ އޮތް ކަމަށާއި، އެ ދަރަނި މިހާރުގެ ސަރުކާރުން ދައްކަމުންދާކަމަށެވެ. މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވަން ފެށުމުން، ވަޒީރު ޝަހީމް ވެސް ވަނީ ކޯފާވެވަޑައިގެން ވާހަކަފުޅު ދައްކަވަން ފައްޓަވައިފައެވެ.

އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ. ސުވާލުކުރައްވާފައި ޖަވާބު އަޑު އައްސަވަން ވާނެ. ފައިސާ ނުދީ މަސައްކަތްކުރުވާފައި އޮތީ. ފައިސާ ދީ، ހުރިހާ ދަރަންޏެއް އަދާކުރަން ޖެހުނީ އަޅުގަނޑުމެންނަށް. ޖަވާބު އަޑުއެހުމުގެ ގާބިލްކަން ތިބޭފުޅާގެ ކިބައިގައި ހުންނަވަން ޖެހޭނެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް

މި ހަމަނުޖެހުމުގެ ތެރޭގައި މެންބަރު ނާޒިލް، ވަޒީރު އިންނެވި މޭޒާ ދިމާއަށް ވަޑައިގަތުމުން، އެހެން މެންބަރުން އޭނާ ހުއްޓުވުމަށް މަސައްކަތްކުރެއްވިއެވެ. އަދި މަޖިލީހުގެ ސެކިއުރިޓީން ވެސް ވަނީ އިތުރު މެންބަރުން ވަޒީރާ ދިމާއަށް ދިއުން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.

އެވަގުތު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މައުރޫފް ޒާކިރު އަޑުގަދަކުރައްވަމުން ގެންދެވުމުން، ރިޔާސަތުން އެތައް ފަހަރަކު އިށީނދެވަޑައިގަތުމަށް އެންގެވި ނަމަވެސް، އެ އެންގެވުމަށް ތަބާނުވުމުގެ ސަބަބުން އޭނާގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައެވެ.

ކޮމެންޓް
ސ.
ދަރަނީގެ ވާހަދައްކަންޏާ އެބޭފުޅުންނަށް އުޅެވޭގޮތް އެއީ. ކިތަންމެ ރުޅިއަޔަސް މުޅިރާއްޖެ ދަރުވާލީ އެމް.ޑީ.ޕީން.
22 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.