މިނިސްޓަރު ޝަހީމް މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --
ހަބަރު
22 Oct 2025 | 12:03
ބަންގީގެ އަޑު މަޑުކުރަނީ ކައުންސިލުން، ސައުންޑާ ނުކުޅެން އެންގިން: ޝަހީމް

މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ސައުންޑާއި ގުޅޭ ކަންކަމުގެ "ތަޅުދަނޑި" އޮންނަނީ މާލެ ސިޓީ ކައުންސިލަށް ކަމަށާ މިސްކިތްތަކުން ބަންގީގެ އަޑު މަޑުވަނީ ކައުންސިލުން ސިސްޓަމްތަކާއި ކުޅޭތީ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކުރައްވާފަ އެވެ. އެއީ ދެ މެންބަރަކު ހުށައެޅުއްވި ސުވާލުތަކަކާއި ގުޅިގެންނެވެ. އެ ސުވާލުތަކަށް ފަހު އިތުރު ސުވާލަށް ފުރުސަތު ހުޅުވާލުމުން އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ހުޅުމާލޭގެ ބައެއް މިސްކިތްތަކުން ބަންގީގެ އަޑު އިވޭ މިންވަރު ވަރަށް މަޑު ކަން ފާހަގަ ކުރައްވާ އެކަމާއި ގުޅޭ ސުވާލެއް ކުރައްވާފަ އެވެ.

އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ސައުންޑާއި ގުޅޭ ކަންކަމުގެ "ތަޅުދަނޑި" އޮންނަނީ މާލެ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި ބަންގީގެ އަޑު މަޑުވަނީ ކައުންސިލުން ސިސްޓަމްތަކާއި ކުޅޭތީ ކަމުގައި ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާއި ނުކުޅޭށޭ ތި ބޭފުޅުން,"

މިނިސްޓަރު ވިދާޅުވީ ވީހާވެސް ދުރަށް ބަންގީގެ އަޑު ފޮނުވުމަށާއި 25 ވަނަ ބުރިއާ ހަމައަށް ބަންގީގެ އަޑު އިވޭނެ ގޮތް ހަދަން އަންގާފައިވާނެ ކަމަށެވެ.

އަދި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގަލަން
ސައުންޑް ސިސްޓަމްގެ ތަޅުދަންޑި އޮވޭ މިސްކިތްް އޮންނަ ހިސާބު ގަނޑުގެ ބޭކަލުންގެ އަތުގަވެސް މިނިސްޓަރަކައް ނޭންގޭނެ އެކަމެ…
22 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.