އައްޑޫ ސިޓީ ހިތަދޫ -- ފޮޓޯ: ވޮއިސް
ހަބަރު
22 Oct 2025 | 18:42
ހިތަދޫގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނުން: ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުކުރެވޭ

އައްޑޫ ހިތަދޫގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އެ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދު އެވެ. އިބްރާހިމަކީ ހިތަދޫ މީހެކެވެ. ފަރަހަނާޒް ނިސްބަތް ވަނީ އައްޑޫ ސިޓީ މަރަދޫ އަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއީ ދެމަފިރީންނެވެ. އެ މީހުން މަރުވެފައި އޮއްވާ ފެނިފައި ވަނީ އެމީހުން މިހާރު ދިރިއުޅޭ ގޭގެތެރެއިން ކަމަށް ވެސް އެނގިފައިވެ އެވެ. އެ ގެ އިމާރާތްކޮށް ދެމަފިރީން އެ ގެއަށް ބަދަލުވީ ފަހުން އަދިވީ ދެތީން ދުވަސް ކަމަށް ވެސް ބައެއް މީހުންގެ ފަރާތުން އެނގިފައިވެ އެވެ.

ކޮމެންޓް
އަހުމަދު
ގޭގެ ތެރޭލާކިލަޔާ ބޭނުކުރާ ފަރުނީޗަރަށް ވެސް ސަމާލުވާޖެހޭ..މީކެމިކަލް ގެ ޒަމާނެއް
22 Oct 2025
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.