މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން ކޮމިޓީން ނިންމި މުހައްމަދު ފަރުޝަތު.
ހަބަރު
23 Oct 2025 | 13:00
މީޑީޔާ ކޮމިޝަނުގެ ފުރަތަމަ ރައީސަކަށް ފަރުޝަތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ފުރަތަމަ ރައީސަކަށް މުޙައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މީގެ ކުރީގެ މީޑިޔާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފަރުޝަތު އައްޔަނުކޮށްފައިވަނީ އެ ކޮމިޝަނަށް އައްޔަނުކުރެއްވި ހުރިހާ މެންބަރުންނާއި އިންޓަވިއު ކުރުމަށްފަހު، އެ ކޮމެޓީގެ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

އެ ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 3 މެންބަރުންނަކީ މަޖިލީހުން އައްޔަނުކުރާ މެންބަރުންނެވެ. އަދި ބާކީ 4 މެންބަރުން ސީދާ މީޑިޔާތަކުގެ ވޯޓުން ހޮވި ނަމަވެސް، އެ ހުރިހާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ.

މި ދައުރަށް އެ ކޮމިޝަނަށް ފަރުޝަތުގެ އިތުރުން އައްޔަނުކުރައްވައިފައިވާ މެންބަރުންނަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގާއި، އެ ކޮމިޝަނުގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތާއި، ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމްއެވެ.

އެ މެންބަރުންގެ ތެރެއިން މަޖިލީހުން އައްޔަނުކުރެއްވީ ސަފާ، ސަރާހަތު އަދި ފަރުޝަތެވެ. ދެން ތިއްބެވި ހަތަރު މެންބަރުންނަކީ ސީދާ މީޑިޔާތަކުން އައްޔަނުކުރެއްވި މެންބަރުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަޖިލީހުން "މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު" ފާސްކުރިއިރު، އެ ބިލާއި ދެކޮޅަށް މީޑީޔާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އެގޮތުން އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.