ފަލަސްތީނު މީހެއްގެ އޮލިވް ގަސްތައް ހުންނަ ބިމެއްގައި ހުޅުޖަހާފައި.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
25 Oct 2025 | 14:28
ފަލަސްތީނު މީހުންގެ އޮލިވް ގަސްތައް ހަލާކުކުރާ މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން ފަލަސްތީނުގެ ދަނޑުބިންތަކަށް އިސްރާއީލުން ގެއްލުންދޭ ވަރު ކުރިއަށްވުރެ އިތުރުވެއްޖެއެވެ.

އަލް ޖަޒީރާއިން ބުނެފައިވަނީ މިފަހަކަށް އައިސް ފަލަސްތީނުގެ ދަނޑުބިންތަކަށް އިސްރާއީލުން ގެއްލުންތައްދޭ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިފަހަކުން މީޑިއާތަކުގައި ވަނީ ޒައިތޫނި ހޮަވަން ހުރި ދެބައި އުމުރުގެ އަންހެނަކަށް އިސްރާއީލްގެ ކަނާތުފިޔައިގެ ހަރުކަށި ވިސްނުމުގެ ޒުވާނަކު ހަމަލާދޭ ވީޑިއޯއެއް އާއްމުވެފައެވެ. 

އަލްޖަޒީރާއިން ބުނީ އިސްރާއީލްގެ ހަރުކަށި ޔަހޫދީ ގްރޫޕްތަކުން ފަލަސްތީނު މީހުންގެ އޮލިވް ދަނޑުތަކުގައި ހުންނަ ގަސްތައް ކޮންމެ ދުވަހަކުހެން ކަނޑަމުންދާކަމަށެވެ. އިސްރާއީލްގެ ޒުވާނުން މިކަންކުރަނީ އެމީހުންގެ ސިފައިންގެ ވަރަށްބޮޑު އެއްބާރުލުމާއެކުގައިކަންވެސް އެނޫހުން ބުންޏެވެ. 

އޭއެފްޕީއާ ވާހަކަދައްކަމުން ފަލަސްތީނުގެ ދަނޑުވެރިއެއްކަމަށްވާ އަބްދުލް ލަތީފް ބުނީ އޭނާގެ އެއް ހެކްޓަރު ދަނޑުގައި ހުރި ޒައިތޫނިގަސްތައް ކަނޑައި ބިމާހަމަކޮށްލާފައިވާކަމަށެވެ. މި ފަހަކަށް އައިސް މި އަމަލުތައް ހިންގަނީ މޫނު ނިވާކޮށްގެންތިބި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ޒުވާނުންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. "އެމީހުންގެ ބޭނުމަކީ އަހަރުމެން މިތަނުން ދާނެ ގޮތެއްވޭތޯ މަސައްކަތްކުރުން. ކުރިއަށް އޮތްތަނުގައި އެމީހުންގެ ދުއްތުރާ ބޮޑުވާނެ" ލަތީފު ބުންޏެވެ. 

ފަލަސްތީނު މީހެއްގެ ޒައިތޫނި ގަހެއް ކަނދާލާފައި.. ފޮޓޯ: އޭއެފްޕީ

އިސްރާއީލުން ދަނީ ފަލަސްތީނުގެ ވެސްޓްބޭންކް ސަރަހައްދުގެ ޒައިތޫނިގަސްތައް އެންމެ ރަނގަޅަސް ހެދޭ ސަރަހައްދުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

ފަލަސްތީނުގެ އޮލިވް ދަނޑުތަކަކީ އެމީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. ފަލަސްތީނު ރައްތިތުންގެ ތެރެއިން 80،000 އާއި 100،000 މީހުންނަކީ އޮލިވްދަނޑުތަކުން ލިބޭ ނަފާއިން ދިރިއުޅުން ކުރިއަށްގެންދާ މީހުންނެވެ. މި މަސައްކަތް ކުރާ މީހުންގެ 15 އިންސައްތަ އަކީ އަންހެނުންނެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު އަދި ނޮވެމްބަރަކީ އޮލިވްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރެވެ. ރިޕޯޓްތައް ބުނާގޮތުގައި 2018 ވަނަ އަހަރާ ހަމަޔަށް އާއިރު، އޮލިވް ވިޔަފާރިން ފަލަސްތީނަށް އަހަރެއްގެ މައްޗަށް ޖުމްލަ 191 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.

އޮލިވް ނުވަތަ ޒައިތޫންނަކީ ފަލަސްތީނުގެ ފަހްރެކެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންގެ އަތުން ޒައިތޫނި ގަސްތައް އަތުލުމަށް އިސްރާއީލުން 2023 ވަނަ އަހަރުފެށި ކެމްޕެއިނުގެ ދަށުން ފަލަސްތީނު ރައްޔިތުންނަށް ކުރިން ހައްދާވަރާ ގާތަށްވެސް ޒައިތޫނި ނުހެއްދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް