މޯލްޑިވްސް ޕޮލިޓެކްނިކް... ފޮޓޯ: ވޮއިސް
ހަބަރު
26 Oct 2025 | 10:51
ގަވާއިދާހިލާފަށް ޕޮލިޓެކްނިކްގައި ބަހައްޓާފައިހުރި ކެމެރާތަކެއް ގެއްލުނު މައްސަލައެއް

ގަވާއިދާ ހިލާފަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި ބަހައްޓާފައިހުރި ގިނަ އަދަދެއްގެ ކެމެރާތަކެއް ގެއްލުނު މައްސަލައެއް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކެޝަނުގެ 2022 ވަނަ އަހަރުގެ ރިޕޯޓްގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ބެލުމުގެ ދަށުގައި ހުރި 43 ކެމެރާގެ ތެރެއިން 15 ކެމެރާއެއް ގެއްލިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އޮފީހުގެ އިސްވެރިޔާއަށް 2022 ވަނަ އަހަރު އެ މައްސަލަ އެންގި ނަމަވެސް ގެއްލުނު ގޮތާ ގުޅޭގޮތުން އެއްވެސް ތަހުގީގެއް ހިންގާފައި ނުވާކަމަށް ރިޕޯޓްގައި ބުންޏެވެ. މީގެ އިތުރުން ކަމާބެހޭ ގަވާއިދތަކާ އެއްގޮތަށް އެއްވެސް ފަރާތެއް ޒިންމާދާރުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަންވެސް ވަނީ ފާަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ މި މައްސަލަ ފުލުހުންނަށް އަދި ފިނޭންސް މިނިސްޓްރީއަށް އެންގިކަން އެއްވެސ ްލިޔެކިޔުމަކުން އެނގެން ނެތްކަމަށާއި، ކެމެރާތައް ގެއްލިފައިވާ އަހަރު ލިޔެކިޔުމުން ފެންނަން ނެތްކަމަށެވެ.

މި ކެމެރާތަކުގެ ޖުމްލަ އަގަކީ 167،802 ރުފިޔާއެވެ. ކެމެރާތަކަކީ ނެޝަނަލް ސެޓްފިކްޓް 3 އިން ފޮޓޯގްރަޕީ ކޯހުގައި ބޭނުންކުރުމަށް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ވަރލްޑް ބޭންކުން ހިންގުނު ޕްރޮގްރާމުން ހަދިޔާކުރި ކެމެރާތަކެއްކމަަށެވެ. ގެއްލުނު ކެމެރާތަކުގެ ތެރެއިން 3 ކެމެރާއަކީ ދަރިވަރުންނަށް ދޫކުރި ކެމެރާތަކުން ލިބިފައިނުވާ ކެމެރާތަކެވެ. އަނެއް 12 ކެމެރާ ގެއްލުނު ގޮތް ސާފު ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ ކެމެރާތައް ގެއްލުނު މައްސަލާގައި އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލަފާދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.