ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިންގެ ތެރެއިން..
ހަބަރު
26 Oct 2025 | 07:21
ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިން: ދުވާރުމަތީ ހުންނަ ތަކެތި ނަގަން ފަށައިފި

އެޗްޑީސީން "ހިތްފަސޭހަ ހުޅުމާލެ" ނަމުގައި ކެމްޕެއިނެއް ފަށައި، ދުވާރު މައްޗާއި އެނޫންވެސް އާއްމުނަށް އުނދަގޫވާ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެތި ނަގަން ފަށައިފިއެވެ.

މިކަން ފެށުމުގެ ގޮތުން އެޗްޑީސީން އިއްޔެ ހަވީރު "ހިތްފަސޭހަ ހުޅުމާލެ" ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން އެޗްޑިސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އާއްމުނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައެވެ. 

ހިތްފަސޭހަ ކެމްޕެއިން ފެށުމުގެ ތެރެއިން..

އެޗްޑީސީން ވަނީ މި ކެމްޕެއިން ފެށުމުގެ ކުރިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި، ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށް އާއްމުކޮށް އަންގާފައެވެ. 

ހިތްފަސޭހަ ކެމްޕެއިން ފެށުމުގެ ތެރެއިން..

ހުޅުމާލޭގެ އެކި ސަރަހައްުތަކުގެ ދުވާރުމަތީގައި ގޮނޑިއާއި މޭޒުފަދަ ތަކެތި ބަހައްޓައިގެން ކެފޭ އުސޫލުން ވިޔަފާރިކުރުމަކީ ވަރަށް އާއްމު ކަމެކެވެ. އެފަދަ ތަކެތި ނެގުމަށް މިދިޔަ އަހަރުވެސް އެކި ފަހަރުމަތީން ތަކުރާރުކޮށް، އަންގާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ޚިދުމަތް ދެމުން ގެންދެއެވެ.

އެޗްޑީސީން ބުނީ މިކަން ކުރިއަށްގެންދާނީ 12 ޒޯނަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެޗްޑީސީން ކުރިއަށްގެންދާ މި ހަރަކާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ފުޑް އެންޑް ޑްރަގް އޮތޯރިޓީ ބައިވެރިވެއެވެ. ހުޅުމާލެއަކީ އާއްމުނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.