ބްރެންޓްފޮޑް އަތުން ބަލިވުމުން ލިވަޕޫލްގެ ސަލާހް މާޔޫސްވެފައި.. ފޮޓޯ: އެކްސް
ކުޅިވަރު
26 Oct 2025 | 07:44
މޮޅެއް ބޭނުންވެފައިވަނިކޮށް ބްރެންޓްފޯޑް އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް އާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗް ކުރިން ހީކުރިގޮތާ ހިލާފަށް ބްރެންޓްފޯޑް ކާމިޔާބުކޮށްފިއެވެ.

ބްރެންޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލްގެ މައްޗަށް އެޓީމް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ފުރަތަމަ ފަސް މިނެޓް ތެރޭގައި ބްރެންޓްފޯޑުން ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އޮޓާރާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 45 ވަނަ މިނެޓް ތެރޭގައި ބްރެންޓްފޯޑްގެ ކެވިން ޝޭޑް ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް ފުޅާކޮށްދީފައެވެ.

މެޗުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ލިވަޕޫލުން ވަނީ ފުރަތަމަ ހާގް ނިމުމުގެ ކުރިން ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މިލޯސް ކެރްކެޒް އެވެ. 

ދެވަނަ ހާފް ކުޅުން ފަށައިގެން 60 ވަނަ މިނެޓް ތެރޭގައު ބްރެންޓްފޯޑަށް ލިބުނު ޕެނަލްޓީއެއްގައި ތިއާގޯ މެޗްގެ ނަތީޖާ 3-1 ކަށް ބަދަލުކޮށްފައިވަނިކޮށް ލިވަޕޫލްގެ ސަލާހް ވަނީ 89 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި ޕޮއިންޓެއް ހޯދުމުގެ އުއްމީދު އައުކޮށްފައެވެ. ނަމަވެސް މެޗްގެ ކުޅުން ނިމުނީ 2-3 ގެ ނަތީޖާގައި އޮވެގެންނެވެ. މެޗްގައި ލިވަޕޫލުން މޮޅަށް ކުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ ބްރެންޓްފޯޑުންނެވެ. 

ޕްރިމިއާ ލީގްގައި ރޭ ބްރެންޓްފޯޑް އަތުން ލިވަޕޫލް ބަލިވިއިރު، ލީގްގައި އެންމެފަހުން އެޓީމް މެންޗެސްޓަރ ޔުނައިޓެޑް އާ ދެކޮޅަށް ކުޅުނުމެޗުންވެސް ވަނީ ބަލިވެފައެވެ. ޕޮއިންޓް ތާވަލް އޮތްގޮތަށް ބަލާއިރު ލިވަޕޫލް މިހާރު އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ 6 ވަނާގައެވެ.

އީޕީއެލް ޕޮއިންޓް ތާވަލް

އިނގިރޭސި ޕްރިމިއާ ލީގްގައި އެންމެފަހުން ވެސްޓްހޭމް ޔުނައިޓެޑާ ލީޑްސް ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލީޑްސްއެވެ. ޗެލްސީ އާއި ސަންޑަރލޭންޑް ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސަންޑަލޭންޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް