އައިއޭސީން ޣައްޒާގައި ހަރަކާތްތެރިވަނީ --
ހަބަރު
26 Oct 2025 | 09:36
އައިއޭސީން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި، އެދެނީ އާންމުންގެ އެހީތެރިކަމަށް

އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލް ޢާންމު ހުއްޓާލުމާއިއެކު، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާކަމަށް ރާއްޖެއިން ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީން ބުނި ގޮތުގައި އެ ޤަތުލްޢާންމު ހުއްޓާލުމާއެކު 4،200 ކާބޯތަކެތީގެ ޕެކޭޖް ވަނީ ޣައްޒާގެ ދެއިރްބަޙަލް އަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހަނޑޫ، އޮލިވްއޮއިލް، ހަކުރު، ލޮނު، ސައިފަތް، ޓޮމާޓޯ ޕޭސްޓް، ސޫޕް ޕައުޑަރު، ޓޫނާ، ޗީސް، އަދިގެސް އިތުރު ބާވަތްތައް ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އައިއޭސީން ބުނީ ޤަތުލުއާއްމު ހުއްޓި ޣައްޒާގެ ރައްޔިތުން ގެތައް ހުރި ހިސާބުތަކަށް އަލުން އަންނަމުންދާއިރު މިފަދަ އެހީތަކަކީ އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށާއި، ކެއިން ބުމާއި ބޯހިޔާވަހިކަމުގައި ދިވެހީންގެ އެހީތެިރކަން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ.

އަދި އެ އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހީންގެ ކިބައިން އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

އައިއޭސީ މެދުވެރިކޮށް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްފާ ކުރެވޭނެ އެކައުންޓްތައް:

ބީއެމްއެލް އިސްލާމިކް: 7770000062741

އެމްއައިބީ: 90101555002111001

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.