މިނިސްޓަރު އަމީން -- ފޮޓޯ: މަޖިލިސް
ހަބަރު
27 Oct 2025 | 11:13
ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕާކިން ބިލްޑިންތައް އަޅަން ބަޔަކާއި ހަވާލުކުރާނެ: ވަޒީރު

ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންތައް އަޅާނެ ބަޔަކާއި ހަވާލުކުރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް އެ ޕާކިން ބިލްޑިންގެ މަސައްކަތްތައް ކުރިޔަށްގެންދަނީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންސެޕްޓުގެ ދަށުން ކަމަށެވެ.

އަދި ވަކި މުއްދަތެއްގެ ތެރޭގައި އެ ބިލްޑިންތައް އަޅަން، ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ބަޔަކާއި ހަވާލުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން ހަމަ ޕާކިން ބިލްޑިން އެޅުމުގެ ކަންތައް އަޅުގަނޑު މި ދެންނެވީ ޑިޒައިން ބިލްޑް އެންްޑް އޮޕަރޭޓް ކޮންސެޕްޓުގެ ދަށުން އަޅުގަނޑުމެން މި މަރުޙަލާތައް ކުރިޔަށް ގެންދަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި މި ބިލްޑިން އަޅާނެ ފަރާތްތަކާއި ހަވާލުކުރެވި، މި އެޅުމުގައި ވެސް ވަކި މުއްދަތްތަކެއް ދީގެން ޕާކިން ބިލްޑިންގެ ކަންތައް ކުރިޔަށް ގެންދެވޭނެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު ކެޕްޓަން މުޙައްމަދު އަމީން

ވަޒީރު އެފަދައިން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ކުޑަ އިންޓްރެސްޓުގައި ދޭ ލޯނުގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި އަދި އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ވެސް ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.