ވެލާނާ އެއާޕޯޓު ---
ހަބަރު
27 Oct 2025 | 13:17
ފައިސާ ސޫޓްކޭސް ފޭރުނު މައްސަލަ: ލޯންޗާއި ހަތަރު މީހަކު ފުލުހުން އަތުލައިގަނެފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ސޫޓުކޭހެއް ފޭރުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން ފިލަން ބޭނުންކުރި ލޯންޗު އަތުލައިގަނެފިއެވެ.

ދާޚިލީ ސަލަމަތާއި ބެހޭ ވަޒީރު އަލީ އިޙްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަަކުރައްވާފައެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ތައުރީފުކުރައްވައި ވަޒީރު ވަނީ އެ ލޯންޗާއި ހަތަރު މީހުން ހައްޔަރުކުރުމުގައި ފުލުހުން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ.

ބީއެމްއެލް މުއައްޒަފުންގެ އަތުން ސޫޓުކޭސް ފޭރިގަތް މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުން އަތުލައިގަތް ގޮތެއް އަދި އެމީހުން އަތުލައިގަތް ސަރަހައްދާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި ސޫޓްކޭހަށް ވީގޮތެއްވެސް ސާފެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހިނގީ މިއަދު ފަތިހު 04:45 ހާއިރުއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ސޫޓްކޭސް ފޭރުނުއިރު، ފުލުހުންގެ ސެކިއުރެޓީ ބޭނުންކޮށްފައި ނުވާކަމަށެވެ.

މި ހާދިސާގައި ސޫޓުކޭސް ފޭރިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުއައްޒަފެއްގެ އަތުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ހާދިސާގައި ސޫޓްކޭހުގައި ހުރި ފައިސާގެ އެއްވެސް މައުލޫމާތެއް ބޭންކަކުން ހާމަކޮށްފައެއް ނުވެއެވެ

ކޮމެންޓް
ސަޅި
ވަރަށް ސަޅި.
27 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.