އެއާޕޯޓުގައި ޓެކްސީތަކެއް -- ވޮއިސް ފޮޓޯ
ހަބަރު
27 Oct 2025 | 17:09
ޓެކްސީ ލައިނު ފެށުމަށް ތިންވަނަ ތާރީޚެއް، މި ފަހަރު އަންނަ ޖެނުއަރީގައި ފަށާނެ

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީމަހުގެ ތެރޭގައި ފަށާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ޓެކްސީ ލައިނުގެ ޚިދުމަތް ތަޢާރަފްކުރުމަށްފަހު އަމާޒުހިފީ އެ ޚިދުމަތް މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ފެށުމަށެވެ. އެހެން ނަމަވެސް އެ ތާރީޚު މި އަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅަށް ފަހުން ބަދަލުކުރިއެވެ.

އޭގެ ފަހުން އެ ޚިދުމަތް ފަށާނެ ދުވަހާއި ގުޅޭ ތަފްސީލެއް ޓްރާންސްޕޯޓު މިނިސްޓްރީ އަދި އެމްޓީސީސީން ވެސް ދީފައެއް ނުވެއެވެ. އެ ޚިދުމަތް އަންނަ ޖެނުއަރީގައި ފަށަން ނިންމައިފައިވާކަން ވަޒީރު ހާމަކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މަޖިލީހަށް ވަޑައިގެން ވަޒީރު ވިދާޅުވީ، ރާއްޖެއިން ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ގެންނަން ނިންމައިފައިވާ ޓެކްސީތައް ހުންނާނެ ގޮތުގެ މަންޒަރެއް

އެގޮތުން އެ ކާރުތައް ދުއްވާނީ މޫދާއި ކައިރި މާޙައުލުތަކެއްގައި ކަމުން، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭކަމަށާއި، އެ ޚިދުމަތް ފެށުން ލަސްވާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރިޔަށް އޮތް ތިން މަހުގެ ތެރޭގައި އެ އުޅަނދުތައް ގެނެސް، ފެށޭނެ ވަރަށް މަސައްކަތްތައް ކުރިޔަށްގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރާއްޖޭގައި ވަރަށް ލުނުގެ އަސަރުކުރާނެ. އެހެންވީމަށް އެކަމަށް ބަލާ، އުޅަނދުތަކަށް ގެންޖެހޭ ބަދަލުތައް މި ގެންނަނީ. އެހެންވެސް ލަސްތަކެއް އުޅެނީ. ނަމަވެސް މިއަހަރު ނިމޭއިރު ނުވަތަ ޖެނުއަރީ މަހުގެތެރޭގައި ޚިދުމަތް ފަށާނަން

 ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން

ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި، ޓެކްސީ ލައިނުގައި ބޭނުންކުރަނީ 100 އިންސައްތަ ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކެވެ. އެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ ވަކި ހާއްސަ އެޕެއް ގާއިމުކޮށް، ރާއްޖެ އިން ބޭރުގައި ދޭ އޫބާ އާއި ގްރޭބްގެ ހިދުމަތްދޭ ސްޓައިލަކަށެވެ.

އެގޮތުން އެ ލައިނުގައި 100 އެއްހާ އުޅަނދު އޮންނާނެއިރު، އެ ޚިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. 

އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފު ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލައް އަދި ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެވެ.

ކޮމެންޓް
މުހައްމަދު
ފޮނިފަށެއް ކަނޑާ އާދަމުގެދަރިޔެއް ދޯމިވެސް ނޫފުލޭ ވަރުގެ ބައިސާނުކުޑަބަލަ
27 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.