ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން --
ހަބަރު
28 Oct 2025 | 09:46
އެތެރެކުރި ސިނގިރޭޓުތައް ގެއްލުނީ އެގްޒޮޓިކްގައި އޮތް ހިއްސާ ދޫކުރި ފަހުން: މެންބަރު ސިރުހާން

އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާ ހައުސްއަކުން 500 އަށް ވުރެ ގިނަ ކޭސް ސިނގިރެޓު ގެއްލުނީ އެ ކުންފުނީގައި އޮތް ހިއްސާ ދޫކުރި ފަހުން ކަމަށް ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން ވިދާޅުވެއްޖެއެވެ.

އިއްޔެ މަޖިލީހުން ބޭއްވި ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)ގައި ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތަކެއް، އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާ ހައުސްއަކުން ގެއްލުނު އިރު، އެ ކުންފުނީގެ ހިއްސާ މެންބަރު ސިރުހާނަށް ދީފައިވާކަމަށް އެ ކޮމެޓީގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން މެންބަރު ސިރުހާން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެގްޒޮޓިކް އެންޓަޕްރައިސަސް އަކީ  ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ކުންފުންޏެއް ކަމަށާއި، އޭނާ އެ ކުންފުންޏާއި ގުޅުމުގެ ކުރިން ވެސް އެ ކުންފުންޏަކީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސްތަކެއް ހިންގަމުން އައި ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރު، ލިބުނު ފުރުސަތެއްގައި ކަމަށް ސިރުހާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން، ސިޔާސީ މަސައްކަތްތަކަށް ވަގުތު ދެއްވުމަށްޓަކައި އެ ކުންފުނީގައި އޮތް ހިއްސާ އާއި އެކު އިތުރު ވިޔަފާރިތަކުގައި އޮތް ހިއްސާ ވެސް ދޫކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަޅުގަނޑު އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް އެއްވެސް މުޢާމަލާތެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ

ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން 

ސިރުހާން ވިދާޅުވީ އެ ކުންފުނިން ވަކިވެވަޑައިގެންނެވީ އެ ކުންފުނީގެ އޮޑިޓެއް ކުރުމަށް ފަހުގައި ކަމަށާއި، އެ އޮޑިޓުގައި އެ ކުންފުނީގެ ބޮންޑެޑް ވެއާ ހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގަިއ ހުރި މުދަލުގެ ތަފްސީލު ވަރަށް ސާފުކޮށް އެގޭނެ ކަމަށެވެ. އަދި އެ އޮޑިޓުން ވެސް އެ ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާ ހައުސްއަކުން ޤަވާއިދާ ޚިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައިނުވާނެ ކަން ސާފުވާނެ ކަމަށް ސިރުހާން ވިދާޅުވިއެވެ.

އެހެންކަމުން ސިނގިރޭޓު ވަގަށް ބޭރުކުރި މަރުޙަލާގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާ އޭނާއަށް ދީފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ސިރުހާން ވަނީ ވިދާޅުވެފައެވެ.

އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާދާރަކަށް އަޅުގަނޑު ވުމުގެ ކުރިން، އަދި އެ ކުންފުނީގެ ހިއްސާ އަޅުގަނޑު ދޫކޮށްލި ފަހުން އެ ކުންފުނިން ގޯސްކަމެއް ކޮށްފައިވާނަމަ އެކަމަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެެވެ،

ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން 

ސިރުހާން ވަނީ އެ މައްސަލައިގައި އޭނާ އާއި ގުޅުވަން މަސައްކަތްކުރަނީ ސިޔާސީ ގޮތުން އޭނާ ބަލިކަށިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ކަމުގައި ފާހަގަކުރައްވާފައެވެ. އަދި 241 ކޮމެޓީގެ ރިޕޯޓުން ވެސް އެކަމާއި އޭނާ އާއި ގުޅުމެއް ނެތް ކަން ސާފުވާނެ ކަމަށާއި، އެހެން ކަމުން އެ ރިޕޯޓު އިސްލާހު ކުރުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ.

ސިރުހާން އެފަދައިން ވިދާޅުވިއިރު 241 ކޮމިޓީ ރިޕޯޓުގައި އޮތް ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު 3ގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ ދެ މީހެކެވެ.

އެހެން ނަމަވެސް އޭގެ ފަހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު 9 ގައި ސިނގިރޭޓު ޝިޕްމަންޓު އެތެރެކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި ސިރުހާނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.