މާލެ ސަރަހައްދުގައި ބިނާކުރާ މިސްކިތުގެ ނަމޫނާ ކުރެހުމެއް..
ހަބަރު
29 Oct 2025 | 09:10
މާލެ ސަރަހައްދުގައި ބިނާކުރާ މިސްކިތްތަކުގެ އަގު 200 މިލިއަން ރުފިޔާ އާ ކައިރިކުރާނެ: ޝަހީމް

މިސްކިތްތައް ބިނާކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހަމައެކަނި މާލެ ސަރަހައްދުގައުި ކުރިއަށްދާ މަޝްރޫޢުތަކުެގ އަގު 200 މިލިއަން ރުފިޔާ އާ ގާތްކުރާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު އަލީ ޝަހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވަނީ އެމަނިކްފާނުގެ ބްލޮގްގައި މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. 

މާލެ ސިޓީއަކީ މާލެ ސިޓީއަކީ މި ފަޚުރުވެރި އިސްލާމީ ދިވެހިރާއްޖޭގެ ހިތް، އަދި ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މައި ކިއްލާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ރަށްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާއިރު، ތިން ބުރިއަށް ބިނާކުރެވޭ ޒަމާނީ އެ މިިސްކިތް މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވޭނޭަކަމަށް ވިދާޅުވިއެވެ.

މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް އަންނަ ޖަނަވަރީ މަހުގައި ފެށޭއިރު، އެތަނުގެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިފައިވާއިރު މިހާރު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަރްޙަލާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިލިމާލެގައި ބާވެފައި ހުރި ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެތަންވެސް ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ. މިހާރު ކުރިއަށް ދަނީ ޑިޒައިންކުރުމުގެ މަރްޙަލާއެވެ. އަދި ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީއަށް ބިނާކުރެވޭ ޒަމާނީ ބޮޑު މިސްކިތުގެ ބިންގާ މާދަމާ އެޅިގެންދާނެއެވެ.

2 އަހަރު ތެރޭ މި ހުރިހައި ތަންތަން ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ނިމޭނެއެވެ.ހުޅުމާލެ ފޭސް 1 ގައި ހުރި ވަގުތީ މިސްކިތް ހުރިތަނުގައި ވެސް އެދަނީ ބޮޑު ޒަމާނީ މިސްކިތެއް ބިނާކޮށް ނިމެމުން. މިހުރިހައި ތަނަކަށް ވަނީ ހެޔޮ އެދޭ ފަރާތްތަކުން ސްޕޮންސަރ ލިބިފަ. ދެން ބާކީ މާލެ ސިޓީގައި ހުންނާނީ ބާވެފައި ހުރި އެންމެ މިސްކިތް އެއީ ހެންވޭރު މަސްޖިދު ޢަފީފުއްދީން. ﷲ އިރާދަކުރެއްވިއްޔާ އެތަން ވެސް ޒަމާނީ ފެންވަރަށް ބިނާކުރެވޭނެ މަގު އަންނަ އަހަރު ފަހިވެގެންދާނެ

މިނިސްޓަރު ޝަހީމް ވިދާޅުވީ މިހުރިހައި މަޝްރޫޢަކަށް ގާތް ގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާއިރު، އާސާރީ މިސްކިތްތައް ހަމަ އެގޮތުގައި އާސާރީ ތަންތަން ގޮތުގައި ދެމިހުންނާނެ ކަމަށެވެ. ޒަމާނީ މިސްކިތްތައް ބިނާކުރެވިގެން ދަނީ އިލްމީ އަދި އިޖްތިމާޢީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަނީ މާލޭގެ އިތުރުންވެސް އަތޮޅޫތެރޭގެ ރަށްތަކުގައިވެސް ޒަމާނީ މިސްކިތްތަކާއި އިސްލާމިކް ސެންޓަރުތައް ބިނާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.