ތާފާން މެލީސާ ކިއުބާގެ އަވަށަކަށް އަރާފައި.. ފޮޓޯ: ސިބަރކިއުބާ
ހަބަރު
29 Oct 2025 | 20:22
ތޫފާން މެލީސާ ކިއުބާއަށް، ދިވެހި ދަރިވަރުންނަށް ނުރައްކަލެއް އަދިނެތް

ކެރީބިއަންގެ ބައެއް ޤައުމުތަކަށް އަރަމުންދާ ބާރުގަދަ ތޫފާން ހަރިކޭން މެލީސާ، ކިއުބާއަށް އަރަން ފަށައިފިއެވެ.

ކިއުބާގެ ބައެއް ހިސާބުތަކަށް މެލީސާ އަރާފައިވާއިރު، މިހާތަނަށް އެންމެބޮޑު ގެއްލުމެއް ލިބުނުކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފައިވަނީ، ސަންޓިއާގޯ ޑި ކިއުބާގެ ބައެއް ހިސާބުތަކަށެވެ.

ތޫފާން އެރި ތަންތަނުގައި ހުރި ގެތަކުގެ ފުރާޅު އެއްލާލާފައިވާއިރު، މަގުތަކުގެ އެއްފަޅީގައި ހުރި ގަސްތައް މުލުންލުހި ގެތަނުގެ މައްޗަށް ވަނީ ވެއްޓިފައެވެ. އެކަމުގެ ސަބަބުން ބައެއް ގޭބިސީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތާފާން މެލީސާ ކިއުބާގެ އަވަށަކަށް އަރާފައި.. ފޮޓޯ: ސިބަރކިއުބާ

ކިއުބާގެ އިރުމަތީ ހިސާބަށް އެރި މި ތޫފާނުގައި ގަޑިއަކު 140 މޭލު ބާރުމިނުގައި ވައިޖެހިފައިވާއިރު، ތޫފާނުގެ ނުރައްކާ އަދި އޮތީކަމަށް އެޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ތޫފާން މެލީސާ އެރުމާ ގުޅިގެން ކިއުބާ ސަރުކާރުން ވަނީ ބައެއް ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ފަސޭހައިން އަތުޖެހޭގޮތަށް ކުއްލި ހާލަތުގައި ބޭނުންވާ ބޭސްފަދަ އެއްޗެހި އަތުޖެހޭ ހިސާބުގައި ބެހެއްޓުމާއި، މުއާސަލާތީ އާލާތްތައް ހިފައިގެން އުޅުމަށް ސަމާލްކަން ދިނުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އެހީވުމާއި އިދާރާތަކުން އަންގާގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ތާފާން މެލީސާ ކިއުބާގެ އަވަށަކަށް އަރާފައި.. ފޮޓޯ: ސިބަރކިއުބާ

ކިއުބާއަށް މެލީސާ އަރާފައިވާއިރު، ތޫފާން އެރި ސަރަހައްދާ، ވެރިރަށް ހަވާނާ އެއީ މުޅިން ދެ ހިސާބެކެވެ. ކިއުބަން ޔުނިވަރސިޓީގައި ދިވެހި ދަރިވަރުން ކިޔަވަމުންގެންދާއިރު، ތޫފާންގެ ނުރައްކަލެއް އެހިސާބަކަށް އަދި ނެތެވެ. މިކަން އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރަކު ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. ކިއުބަން ޔުނިވަރސިޓީގައި ދިވެހި 3 ދަރިވަރަކު ކިޔަވަންގޮސް އެބަތިއްބެވެ. 

ކިއުބާގެ ކުރިން ހަރިކޭން މެލީސާ އަރާފައިވަނީ ޖެމެއިކާއަށެވެ. ތޫފާން އެރުމުގެ ސަބަބުން ޖެމެއިކާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މިއީ ތާރީހުގައިވެސް ތޫފާނެއްގައި އެޤައުމަށް މިހާބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ޖެމެއިކާއިން ވަނީ ބުނެފައެވެ. ތޫފާނުގެ ސަބަބުން ބައި މިލިއަން މީހުން ކަރަންޓްގެ ހިދުމަތުން މަހްރޫމް ވެފައިވާކަމަށް ޖެމެއިކާ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.