މިއަހަރުގެ ބަޖެޓް ހުށަހެޅުމުގެ ތެރެއިން.. ފޮޓޯ: މަޖިލިސް
ހަބަރު
30 Oct 2025 | 08:35
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު މެންދުރުފަހު

ކުރިއަށްއޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު މެންދުރުފަހަށް ތާވަލްކޮށްފިއެވެ.

ކުރިން މިއަދު ހެނދުނަށް ބަޖެޓް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް ހަބަރު ފެތުރުނު ނަމަވެސް ފިނޭންސުން ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ބަޖެޓް ހުށަހެޅުމަށް ނިންމާފައިވަނީ މެންދުރުފަހު 14:00 ގައިކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މާލީ ވުޒާރާއިން ތައްޔާރުވަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓްގައި މައިގަނޑު  އިސްކަމެއް ދޭނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓް ހާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތްތަކުގެ ދަށުން މަރުކަޒީ ބޭންކުން ވަނީ ރާއްޖޭގެ ވިޔަފާރި ބޭންކްތައް މެދުވެރިކޮށް، ހެޔޮއަގުގައި ގޯތި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވަނީ، 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރަށް ލަފާކުރި ބަޖެޓްގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން މި އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމެނިނަމަވެސް އަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް 4.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. ކުރީ ސަރުކާރުތަކުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ކުރު މުއްދަތުގެ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ފިނޭންސް މިނިސްޓްރީން މިކަމަށް ވަރަށްބޮޑު އިސްކަމެއްދޭނޭކަމަށް އިގްތިސާދީ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.