އިސްލާމިކް މިނިސްޓަރު ޝަހީމް... ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީން
31 Oct 2025 | 08:40
މި ސަރަހައްދުގެ އެންމެ ރީތި މިސްކިތްތައްހުރި ސިޓީއަށް މާލެ ވެގެންދާނެ: ޝަހީމް

ކުރިއަށްއޮތްތަނުގައި މާލެސިޓީ ވެގެންދާނީ މި ސަރަހައްދުގެ އެންމެ ރީތި މިސްކިތްތައްހުރި ސިޓީއަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މ. މުއިވެޔޮދޮށުގެ ނުވަތަ ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އާ މިސްކިތް އެޅުމަށް ސްޕޮންސަރުން ހަމަޖެހިފައިވާކަމަށެވެ.

މީގެ ތެރެއިން ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިއަހަރުގެ ޑިސެމްބަރަށް މިސްކިތުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެކަމަށާއި ކުރިއަށްއޮތް ތަނުގައި މާލެސިޓީގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސްކިތްތައް ބިނާކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހަމައެކަނި މާލެ ސަރަހައްދުގައުި ކުރިއަށްދާ މަޝްރޫޢުތަކުެގ އަގު 200 މިލިއަން ރުފިޔާ އާ ގާތްކުރާނޭކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ. މާލެ ސިޓީއަކީ މާލެ ސިޓީއަކީ މި ފަޚުރުވެރި އިސްލާމީ ދިވެހިރާއްޖޭގެ ހިތް، އަދި ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މައި ކިއްލާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިސްކިތްތަކުގެ ހުރިހައި މަޝްރޫޢަކަށް ގާތް ގަނޑަކަށް 200 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ޚަރަދުވާނެކަމަށް ބެލެވޭއިރު، މިނިސްޓަރު ވިދާޅުވީ މާލެގައި ބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާއިރު، އާސާރީ މިސްކިތްތައް ހަމަ އެގޮތުގައި އާސާރީ ތަންތަން ގޮތުގައި ދެމިހުންނާނެ ކަމަށެވެ. ޒަމާނީ މިސްކިތްތައް ބިނާކުރެވިގެން ދަނީ އިލްމީ އަދި އިޖްތިމާޢީ ގޮތުން ވެސް އެތަންތަން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިއްބެ
ނޫން އެއްމެރީތިމިސްކިތެއް ރާއްޖޭގައިހުރީ ބ.އޭދަފުށީގައި ( މަސްޖިދުމުހައްމަދުޢަލީ)
31 Oct 2025
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.