އަލްފާޝިރު ސިޓީން ސަލާމަތްވި ބަޔަކު ކޭމްޕް ޖަހައިގެން...
ދުނިޔެ
01 Nov 2025 | 22:27
ސޫދާނަށް ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ: ހާރިޖީ ވަޒީރުން

ސޫދާނަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭކަމަށް ނަގާކިޔާ ބައެއް ޤައުމުތަކުގެ ހާރިޖީ ވަޒީރުން މިއަދު ވިދާޅުވެއްޖެއެވެ.

ސޫދާނުގެ ދާފޫރަށް ނިސްބަތްވާ އަލްފާޝިރު ސިޓީގައި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން ހިންގަމުންގެންދާ ޖަރީމާތަކާ ގުޅޭގޮތުން އެންމެފަހުން ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތުގެ އިތުރުން ޖޯޑަންގެ ހާރިޖީ ވަޒީރުން ވަނީ ސޫދާނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަަދައްކާފައެވެ.

ބަހްރެއިނުގައި ކުރިއަށްދާ މަނާމާ ޑައިލޮގްގައި ވާހަކަަދައްކަވަމުން ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ޖޯހަން ވަޑެފުލް ވިދާޅުވީ، ސޫދާނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފް ޖަރީމާތަކަށް ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭކަމަށެވެ. އެހެންނޫނީ ކުރިއަށް އޮތްތަނުގައި ހާލަތު ވަރަށް ގޯސްވެގެން ހިނގައިދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ހާރިޖީ ވަޒީރު ޔުވެޓް ކޫޕަރ ވިދާޅުވީ، ސޫދާނުގައި އާރުއެސްއެފްގެ އަމަލުތައް ހުއްޓުވިގެން ނޫނީ އެތަނަށް އެހީގެ ތަކެތި ފޮނުވެންވެސް ނެތްކަމަށެވެ. އާރުއެސްއެފްގެ ހަތިޔާރުއެޅި މީހުންގެ ފަރާތުން އިންސާނިއްޔަތާ އެތައް އެތައް އަމަލުތަކެއް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސޫދާނުގައި އޮތް ސަރުކާރު ވައްޓާލައި  ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން އަލްފާޝިރު ސިޓީއަށް ވެރިވެ ގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޖަމާއަތުން ދަނީ ސިފައިންނަށާއި އާއްމުންގެ ގިނަ ބަޔަކު މަރަމުންނެވެ. އެގޮތުން އެ ޖަމާއަތާ ނުރުހޭ މީހުން މަރަމުންދާއިރު، އެމީހުން ދަނީ އަންހެނުން ރޭޕްކޮށް، މުސްކުޅިންނަށް އިންސާނިއްޔަތާ ހިލާފް އެތައް އަމަލުތަކެއް ހިންގަމުންނެވެ.

އާރުއެސްއެފުން ޒަމާނީ ހަތިޔާރުގެ އާލާތްތަކާއެކު ހަރަކާތްތެރިވަމުންދާއިރު ސޫދާން ސަރުކާރުން ވަނީ އަރަބި ބައެއް ޤައުމުތަކުން އެމީހުންނަށް ވާގިވެރިވަމުންދާކަމަށް ތުހުމަތުކޮށްފައެވެ. ސޫދާނުގެ އަލްފާޝިރު ސިޓީގައި ހިންގަމުންގެންދާ ޖަރީމާތައް އިތުރުވާން ފެށުމުން ބައެއް ފަރާތްތަކުން ވަނީ އެސިޓީ ދޫކޮށްދިއުމުގެ މަސައްކަތް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް