ބޯޓެއް އައު ޓާމިނަލަށް ކައިރިކޮށްފައި.. ފޮޓޯ: އެމްއޭސީއެލް
ހަބަރު
02 Nov 2025 | 12:42
ވީއައިއޭ އައު ޓާމިނަލުގެ ބޭނުންކުރާ އެއާލައިންތަކުގެ އަދަދު 18 އަށް އަރައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ހިދުމަތް 18 އެއާލައިނަކުން ހޯދާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

ވީއައިއޭ އައު ޓާމިނަލްގެ ހިދުމަތް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ، މިއަހަރު ފާހަގަކުރި ރާއްޖޭގެ މިނިވަންދުވަހާ ދިމާކޮށް ޖުލައި 26 ވަނަ ދުވަހުއެވެ. ވީއައިއޭ ބޭނުންކުރި ފުރަތަމަ ބޯޓަކީ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއެވެ. އޭގެ ފަހުން ފަހަރަކު އެއާލައިނެއް ވީއައިއޭ އައު ޓާމިނަލުގެ ހިދުމަތް ހޯދަން ފެށިއިރު، މިހާތަނަށް 18 އެއާލައިނަކުން އައުޓާމިނަލް ބޭނުންކުރަން ފަށާފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެންމެފަހުން ވީއައިއޭ އައު ޓާމިނަލް ބޭނުންކުރަން ފެށި އެއާލައިނަކީ އިންޑިއާގެ ޤައުމީ އެއާލައިން އެއާ އިންޑިއާއެވެ. އެ އެއާލައިނުން ޓާމިނަލް ަން ބޭނުންކުރަން ފަށާފައިވަނީ އިއްޔެއެވެ.

އައުޓާމިނަލް ބޭނުންކުރަން ފެށި އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް، އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާ، ސައުދިއާ، ޗޮންޗިން އެއާ، ބްރިޓީޝް އެއާވޭސް، ވާޖިން އެޓްލާންޓިކް، އަޒަރުބައިޖާން އެއާ، އަދި އެއާ އިންޑިއާއެވެ.

ވީއައިއޭ އައު ޓާމިނަލްގެ ބޭނުން ނުކުރާ ބައެއް މުހިންމު އެއާލައިންތަކުގެ ތެރޭގައި ސްރީލަންކަން އެއާލައިން، އެމިރޭޓްސް އަދި އިއްތިހާދު ފާހަގަކޮށްލެވެއެވެ. އެމްއޭސީއެލުން ބުނީ ކުރިއަށް އޮތްތަނުގައި ވަރަށް އަވަހަށް އިތުރު އެއާލައިނުންތަކުން ޓާމިނަލް ވަން ބޭނުންކުރަން ފަށާނޭކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ކުރިމަތިލިއިރު، އައުޓާމިނަލްގެ ހިދުމަތް ފެށިފައިވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަދި ފަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ދެވިގެންދާނޭކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.