ތަޢުލީމީ ވަޒީރު ޑރ. އިސްމައީލް ޝަފީޢު --: ވޮއިސް ފޮޓޯ
ހަބަރު
02 Nov 2025 | 13:30
ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށަންވި ހިސާބަކީ މިއީ: ތަޢުލީމީ ވަޒީރު

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށަންވި ހިސާބަކީ މިއީ ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތަކާއި ގުޅިގެން ބޭއްވި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ޓެލެތޯންގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ހޭލުންތެރިކަން ވެސް މި ގާނޫނުގެ ސަބަބުން އިތުރުވާނެ ކަމަށެވެ. 

ވަރަށް ބޮޑު އެވެއާނެސް ކެންޕޭނެއް އަޅުގަނޑުމެންނަށް ފެއްޓިއްޖެކަމަށް އަޅުގަނޑުމެން އުއްމީދު މިކުރަނީ. ގަބޫލު ކޮށްގެން މި ތިބީ. އެހެންނަމަވެސް، ކުރިން އަޅުގަނޑުމެން ހަމަ އަލި އަޅުވާލި ފަދައިން، މީ ނިންމާލަންވި ހިސާބެއްނޫން. މީ ހަގީގަތުގަ މަސައްކަތް ފައްޓަންވި ހިސާބު. އަންނަން އޮތް ޖީލުތަކަށް އިންޕްލިމެންޓް ވާ ގާނޫނެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެހެންވީމަ، މިއަދު މި ފެއްޓުނު މަސައްކަތް އެއީ ހަމަ އަޅުގަނޑުމެން ދޫނުދީ، ހަމަ އެންމެން އެއް ރޫހެއްގަ، އެއް ވާނެއްގަ، އެއް އަޒުމެއްގަ އެކަން ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ،

ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު

ތައުލީމީ ވުޒާރާގެ އެންމެ އިސް ލަނޑުދަނޑިއަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުން ކަމުގައި ވާހިނދު، ދުންފަތް މަނާކޮށް  ތަންފީޒުކުރެވުނު މި ގާނޫނަކީ، މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅުމު މުހިންމު ފިޔަވަޅެއް ކަމަށް ގަބޫލުކުރަށްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.   

އަދި ސުކޫލުގެ ކަރިކިއުލަމްތަކާއި، މާއްދާތަކުގެ މުގައްރަރުތަކުން ދުޅަހެޔޮ ސިއްހަތާއި، ދުޅަހެޔޮ ކާނާއާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭނެ ގޮތްތަކާއި، ދުންފަތުގެ ނުރައްކަލާ ބެހޭ ވާހަކަތަކާއި އަދި ހަށިގަނޑަށް ގެއްލުނަދެނިވި އެކި އެކި ކަންކަމާއި ގުޅޭ ވާހަކަތައް މަންހަޖުގެ ތެރެއިން، ތައުލީމީ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މިއީ މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމުންނާއި އަދި އެ ނުބައި އާދައިން ދުރުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރެވުން ކަމަށެވެ.

މުޖުަތަމައު މިކަމާ ދޭތެރޭ ދެކޭދެކުން އެ ބަދަލުވެގެން އައުން އެއީ އަޅުގަނޑުމެންނަށް މީގެ ތެރޭގައި މި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ،

ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު

ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ޓަކައި ތަންފީޒު ކުރެވުނު "ޖެނެރޭޝަނަލް ޓޮބޭކޯ ބޭން" ގާނޫނަކީ، ދިގު ރާސްތާގައި އޭގެ ފައިދާ އިންތިހާއަށް ކުރާނެ ގާނޫނެއްކަމަށް މިނިސްޓަރ ވިދާޅުިވިއެވެ.

އަދުގެ ސަރުކާރުން ވަނީ ޖެނަރޭޝަނަލް ބޭން ތަންފީޒުކޮށް، 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް އުންފަތް މަނާކޮށްފައެވެ. މި ފިޔަވަޅަކީ ތައުލީމީ ވުޒާރާގެ ލަނޑުދަނޑިއެއްކަމަށްވާ، ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކޮށް، ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވެފައިވާ ޖީލުތަކެއް ގާއިމުކުރުމަށް އެޅުނު މުހިންމު ބިންގަލެއްކަމަށް ތައުލީމީ ވުޒާރާއިން ދެކެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ