20 Jun 2019 | 00:04
ބުދުދީނުގެ ސިމްބޮލިކް ކަމެއްގައި ނަޝީދު ބައިވެރިވެވަޑައިގަތީ ތޯއެވެ.

ބުދަށް އަޅުކަންކުރާ މީހުން ރިލިޖަސް ސިމްބޮލިކް ރިތުއަލް ނުވަތަ ދީނީ ކަމެއްގެ ގޮތުގައި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމުން އެމަނިކުފާނަށް ފާޑުކިއުންތައް އަމާޒުވާން ފަށައިފިއެވެ. 

ނަޝީދުގެ މިހަރަކާތުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމާއެކު ދީނީ އިލްމުވެރިޔާ ޑޮކްޓަރ އިޔާޒުވަނީ ނަޝީދުގެ މިއަމަލަށް ފާޑުވިދާޅުވެ ޓްވީޓްކުރައްވާފައެވެ. އިޔާޒު ވިދާޅުވެފައިވަނީ އެއްވެސް މުސްލިމަކު އެހެންދީންޔތަކުގެ މީހުން އަޅުކަމުގެ އަމަލެއްގައި ބައިވެރިވުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށެވެ.

އިޔާޒުގެ މިޓްވީޓަށް ނަޝީދުގެ ސަޕޯޓަރުން ފާޑުކިޔައި ނަޝީދުގެ އެމަލަކީ ދީނީކަމެއް ނޫންކަމަށް ދައްކަން ވާހަކަދައްކަމުން އެބަދެއެވެ.

އެކަމަކު ނަޝީދު ދިއްލި ބުދުދީނުގެ ރަމްޒީ ބައްތި ބުދުދީނާއިބެހޭ ޚާއްސަކޮންފަރެންސެއްގައި ދަލައިލާމާވެސް ދިއްލާފައިވެއެވެ. ދަލައިލާމާ ދިއްލީ އޭނާ އަކީ ބުދުދީނުމުގެ ބޮޑު ހާމުދުރަށްވެފައި ބުދަށް އިހްތިރާމް އަދާކުރުމުގެ ގޮތުންނެވެ. 2017 ވަނަ އަހަރު އިންޑިޔާގެ ބިހާރުގެ ރާޖްގިރިގައި ބޭއްވި ތިންދުވަހަށް ދެމިގެންދިޔަ ބުޑިސްޓްކޮންފަރެންސްގައި މިބައްތި ދިއްލަމުން ލިޔެފައިވާ އިބާރާތުގައިވަނީ ހިޒް ހޯލިނަސް ދަލައިލާމާ ސެރެމޯނިއަލް ލޭމްޕް އަލިކޮށްދެއްވަނީކަމަށެވެ.

މުހައްމަދު ނަޝީދު މިކަންކުރެއްވީ ރާއްޖޭގެ ނާއިބް ރައީސް ފައިސަލް ނަސީމުވެސް އަރިހުގައިގެންދަވައިގެން ބުދުދީނުގެ ސިމްބޮލިކް ބައްތީގެ ކައިރީގައި ބަހައްޓަވައިގެން ހުންނަވައެވެ. ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމުވެސް ހުންނެވި ތަން ފެނެއެވެ.

ކޮންމެއަކަސް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވައިކުރައްވައިގެން ތިއްބެވި ބޭފުޅުން ﷲ އަށް ޝިރުކުކުރާ ބައެއްގެ ދީނީ ސިމްބޮލިކް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ ލަދުވެތިކަމެކެވެ. ޚާއްސަކޮށް ދިވެހި ދައުލަތުގެ އެންމެ އިސް އެއް ވެރިއެކެވެ. ނަޝީދަށް ތާއީދުކުރައްވާ އެމަނިކުފާނާ ހިތާހިތުން ގުޅިގެން އުޅުއްވިޔަސް ވިޔާނުދާ ކަމެއްވާނީ ވިޔާނުދާ ކަމަކަށެވެ. މީގެކުރިން އެމަނިކުފާނުވަނީ އެހެންމީހުން އެމަނިކުފާނަށް ލާދީނީ ބޭފުޅެކޭ ނިސްބަތްކުރައްވާކަމަށް ވިދާޅުވެ ކޮންމެހެން މީހުން އެޓެގް އަޅުވާކަމަށްވަންޏާ އެޓެގުން ނެއްޓެން ކޮންމެހެން ނޫޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެހެންދީނުތަކަށް އިހްތިރާމްކުރަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެސް ވެއެވެ. އެކަމަކު ދީންތަކަށް އިހްތިރާމްކުރުމުގެ ގޮތުން އިސްލާމަކަށްވެހުރެ އެހެންދީނުތަކުގެ މީހުންގެ އަޅުކަންތަކާއި ރިލިޖަސް ސިމްބޮލިކް ކަންކަމުގައި ބައިވެރިވެވަޑައިގެން އުޅުއްވުމަކީ ވަރަށް އެހެންކަހަލަ ސުވާލުތަކެއް އުފެދޭކަމަކަށްނުވޭތޯއެވެ. މިބާވަތުގެ ކަންކަން އިލްމުވެރިން ފާޑުކިއުއްވުމުން ހިތުހުރިހައި ހުތުރުބަހަކުން އިލްމުވެރިންނާ މުޚާތަބުކޮށް އަގުވަށްޓާލަން އުޅުމަކީ އިސްލާމުން ކުރާޒާތުގެކަންކަމަށް ނުވާނެ ނޫންތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.
28 Jun 2026
އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް؛ ގިނައީ ދިވެހިން
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ބަލި ކޮންޓްރޯލުކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައު
28 Jun 2026
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެ އެވެ.