އެސްޓަން ވިލާ ދަނޑު..
ކުޅިވަރު
04 Nov 2025 | 09:22
އެސްޓަން ވިލާ މެކަބީ މެޗަށް 700 އަށްވުރެ ގިނަ ސެކިއުރެޓީ އޮފިސަރުން ނެރެނީ

ޔުއެފާ ޔޫރޮޕާ ލީގްގައި އެސްޓަން ވިލާ އާއި މެކަބީ ތެލްއަވީވް ބައްދަލުކުރާ މެޗްގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގިނަ އަދަދެއްގެ އޮފިސަރުން ނެރޭނޭކަމަށް އިނގިރޭސިވިލާތުގެ ވެސްޓް މިޑްލޭންޑްގެ ފުލުހުން ހާމަކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެސްޓަން ވިލާ އާއި އިސްރާއީލްގެ މެކަބީ ތެލްއަވީވް ބައްދަލުކުރާ މެޗާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މިހާރު ހަމަޖެހިފައި އޮތްގޮތުން ނަމަ 700 އަށްވުރެ ގިނަ އޮފިސަރުން ނެރޭނޭކަމަށެވެ. މިޑްލޭންޑް ފުލުހުން ބުނީ މެޗާއި ގުޅިގެން ސްޓޭޑިއަމާއި ބޭރުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގުމަށް ފުރުސަތު ދޭން ބޭނުން ނުވާކަމަށެވެ. އެގޮތުން ސަލާމަތީ އޮފިސަރުން އަހާއި، ޓްރެއިން ކޮށްފައިވާ ކުއްތާގެ އިތުރުން ޑްރޯންގެ އެހީގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ދަނޑަށް އަންނަ އެއްވެސް ފަރާތަކުން ހަމަނުޖެހުމަކަށް މަގުފަހިވާނޭ އެއްވެސް ކަމެއް ނުކުރުމަށް އެދިފައެވެ. އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިނގިރޭސިވިލާތަށް މެކަބީ މެޗް ބަލަން ނުދިއުމަށް އެ ކްލަބްގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. 

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުން އަންނަ އިނގިރޭސި ރައްޔިތުން ހިމެނޭ ޖަމިއްޔާތަކުން ވަނީ މެކަބީ މެޗް ކެންސަލްކުރުމަށް ގޮވާލައި މުޒާހަރާތައް ކުރިއަށްގެންދާނޭކަމަށް ބުނެފައެވެ.

އެސްޓަން ވިލާ މެކަބީ މެޗްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ދަނޑަށް އެއްވެސް ބާވަތެއްގެ ދިދައެއް ވެއްދުންވެސް ވަނީ މަނާކޮށްފައެވެ. 

ޣައްޒާ ހަނގުރާމައާ ގުޅިގެން މުޅި ޔޫރަޕްގައިވެސް ވަނީ ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުޅިވަރު ދަނޑުތަކުގައިވެސް އިސްރާއީލާ ދެކޮޅު ހަރަކާތްތައް ހިންގަމުންދެއެވެ. އިސްރާއީލާ ދެކޮޅު ފަރާތްތަކުން ބުނަމުންދަނީ ބައިނަލްއަޤްވާމީ ކުޅިވަރު ދަނޑުތަކުން އިސްރާއީލަށް ނިސްބަތްވާ ޓީމުތައް ބޭރުކުރަން ޖެހޭކަމަށާއި، އެމީހުން ދަނީ ޣައްޒާގައި ކުޑަކުދިންނާއި އަންހެނުން ގަތުލުކުރަމުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް